ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2022/40
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 13 މާރިޗު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ދަނޑިތަކަށް ގެއްލުންވާ ގޮތަށް ހުރި ގަސްތައް ކޮށުމާއިގުޅޭ

އިޢުލާން

މަގުބައްތި ދަނޑިތަކަށް ގެއްލުންވާ ގޮތަށް ހުރި ގަސްތައް ކޮށުމާއިގުޅޭ

ރަށުގެ އެކި ސަރަހައްދުތަކުގެ މަގުތަކާއި ގޯޅިތަކަށް އަލިކުރުމަށް ޖަހާފައިވާ މަގު ބައްތި ދަނޑިތަކަށް ގެއްލުންވާ ގޮތަށް އަދި ހޮޅިބުރިތަކުގެ އަލި މަގު މައްޗަށް ނުލިބޭ ގޮތަށް ގަސްގަހާއި ރުއްތަކުގެ ފަންތައް މަގު މައްޗަށް ނުކުމެފައިވާތީ މިގޮތަށް ހުރި ތަންތަނުގެ ހޮޅިބުރިން ފެށިގެން ދެފަރާތަށް (ކޮންމެ ފަރާތަކުން '10ފޫޓޫ) އަދި ހޮޅި ދަނޑީގެ މަތިން '3ފޫޓު ހުންނަ ވަރަށް ގަސްތަކާއި ރުއްތަކުގެ ފަންތައް ކޮށުމަށް ދަންނަވަމެވެ. މިގޮތުން ކޮންމެ ގެއެއްގެވެސް އެގެއަކުން މަގުމަތީ ހޮޅިބުރި އާދިމާލުން މަގު މައްޗަށް ނުކުމެފައިވާ ގަސްތަކާއި ރުއްތަކުގެ ފަންތައް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޮށާ ނިންމުމަށް ދަންނަވަމެވެ.

   އަދި 7 ދުވަހުގެ ތެރޭގައި ނުކޮށާ ހުންނަ ތަންތަނުގެ ގަސްތަކުގެ އޮފިތަކާއި ރުއްތަކުގެ ފަންތައް މި ކައުންސިލުން ކޮށާލާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކޮށުމުގައި ލިބޭނެ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ ދަންނަވަމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      06 ޝައުބާން 1443                          

               

09 ފެބުރުވަރީ 2022