ދިވެހިރާއްޖެ
(IUL)146-A1/1/2022/20:ނަންބަރު
އިޢުލާން
މިކޯޓުގެ ސީނިއަރ ފޯމަންގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު IUL146-A1/1/2022/6 (16 ފެބުރުވަރީ 2022) އިޢުލާން ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
ސީނިއަރ ފޯމަން |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް 4 |
މަޤާމުގެ ރޭންކް: |
އެސް.އެސް. 4 |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީކޯޓު / ޕްރޮކިއުމެންޓް، ސްޓޮކް އެންޑް މެއިންޓަނަންސް |
މަޤާމުގެ އަސާސީ މުސާރަ: |
4340.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. |
މަޤާމުގެ އަސާސީ ޝަރުތު:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ، - މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން. - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ސެކްޝަންތަކުން ޙަވާލުކުރާ ކޯޓު އަމުރުތައް އެފަރާތްތަކަށް ރައްދުކޮށްދިނުން. - ކޯޓުގެ ޢިމާރާތުގެ އެތެރެއާއި ގޮޑިތަކާއި މޭޒުތައް ފޮޅާސާފުކުރުމުގެ އެންމެހައި ކަންތައްތައް ސުޕަވައިޒްކުރުމާއި ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުރުން. - އެކިއެކި އޮފީސްތަކަށް ފޮނުވޭ ސިޓީ، މެސެޖް، ރިޕޯޓް، ފަދަ ތަކެތި އެފަރާތްތަކަށް ރައްދުކޮށްދިނުން. - ކޯޓުގެ ސްޓޮކަށް ތަކެތި ވެއްދުމުގައާއި ސްޓޮކުން ސެކްޝަންތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގައި ސްޓޮކް ބަލަހައްޓާ މުވައްޒަފަށް އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޓުގެ ޢިމާރާތް ޗެކްކޮށް، މަރާމާތަށް ބޭނުންވެފައިވާ ތަންތަން ފާހަގަކޮށް، ސުޕަވައިޒަރުގެ ޢިރުޝާދާއެކު މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ޢަމަލީގޮތުން މަރާމާތުގެ މަސައްކަތް ކުރުން. - ހޮޅިބުރިތަކާއި އެއަރކޮންޑިޝަން ތަކާއި ފަންކާ ފަދަ ތަކެތި ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތުކޮށް ރަގަޅު ކުރަންޖެހޭ ކަމެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓްކޮށް، ސުޕަވައިޒަރުގެ ޢިރުޝާދާއެކު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. - ކޯޓުގެ މެއިންޓެނެންސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޓުގައި ބޮޑެތި މަރާމާތުތައް ކުރަންޖެހޭ ތަންތަނާއި ތަކެތި ފާހަގަކޮށް، ރިޕޯޓް ތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ސުޕަވައިޒަރަށް ހުށަހެޅުން. - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- ލިބިފައިވާ ތަޢުލީމު – %25 (ފަންސަވީސް ޕަސެންޓް) - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - %20 (ވިހި ޕަސެންޓް) - ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަރވިއު) – %55 (ފަންސާސް ފަސް ޕަސެންޓް) |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ގަޑި އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ . - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ. - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން (ޓްރާންސްކްރިޕްޓާއެކު) ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން. |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. - ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. - A ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން. - މާލެ އަދި ހުޅުމާލެ މެޕާއި، މަގުތަކާއި، ސަރުކާރުގެ އިދާރާތައް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން. - ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |