ދިވެހިރާއްޖެ
އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓްގެ އެއަރކޮންޑިޝަން ހަރުކޮށްދިނުމާއި އަދި އެއަރކޮންޑިޝަން ސަރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
މިކޯޓުގައި 02 އެއަރކޮންޑިޝަން ޔުނިޓް އަމިއްލަ ތަކެތީގައި އިންސްޓޯލް ކޮށްދިނުމާއި 06 އެއަރކޮންޑިޝަން ޔުނިޓް އަމިއްލަ ތަކެތީގައި ސާރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ.
އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 28 މާރޗް 2022
އަންދާސީ ހިސާބް ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640342 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިމަސައްކަތް ކުރުމަށްޓަކައި 28 ފެބްރުއަރީ 2022ގައި ކުރެވުނު މިކޯޓުގެ ނަންބަރު H4C-A/2022/1 ޢިއުލާންގައިވާ އިދާރީ ކުށެއްގެ ސަބަބުން އެޢިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
06 ޝަޢުބާން 1443
09 މާރިޗް 2022