މުބާރާތް
ނަންބަރު: (IUL)299/299/2022/18
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:05
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދީނީ ސުވާލު މުބާރާތާއިގުޅޭ

އިޢުލާން

ދީނީ ސުވާލު މުބާރާތާއިގުޅޭ

 

ވާދޫގެ ރަށްވެހީންނާއި ވާދޫގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނަށް ލޯބި ޖައްސައި، ދީނީ ޢިލްމު ފެތުރުމުގެގޮތުން، މިކައުންސިލުން ރ ވާދޫގެ ރަށްވެހިންނަށާއި، ވާދޫގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1443 ވަނަ އަހަރުގެ ރަމަޟާންމަހު ދީނީ ސުވާލު މުބާރާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

މި މުބާރާތް ކުރިޔަށް ގެންދާނީ ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕާއި ކައުންސިލްގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް، އޮންލައިންކޮށްކަމުގައި ދަންނަވަމެވެ. މި އިއުލާނާއިއެކު، ދީނީ ސުވާލު މުބާރާތުގެ އުސޫލު އާއްމުކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

‏06‏ ޝަޢްބާން‏ 1443

09 މާރިޗު 2022