ދިވެހިރާއްޖެ
a
ހިތަދޫ ޕޯޓް ލިމިޓެޑް
ސ.ހިތަދޫ، ދިވެހިރާއްޖެ
HPL/ I-2022/01ނަންބަރު:
އިޢުލާން
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މީހުންބޭނުންވެއްޖެއެވެ.
- މަޤާމް: އެސިސްޓެންޓް ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރ ގރ.1
އަސާސީ މުސާރަ: -/6380ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ޖީ.ސީ.އީއޭލެވެލް 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު ގުޅޭދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ގްރޭޑް 10 ނިންމައިފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސަސް ގައި މަދުވެގެން 2 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މަޤާމް: އެސިސްޓެންޓް ޕްރޮކިޔުމަންޓް އޮފިސަރ ގރ.1
އަސާސީ މުސާރަ: -/5180ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ޖީ.ސީ.އީ އޯލެވެލް 03 މާއްދާއިން (އެކައުންޓިންގ ހިމެނޭ ގޮތަށް) ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
- މަޤާމް: އެސިސްޓެންޓް ކްލިއަރެންސް އޮފިސަރ ގރ.1
އަސާސީ މުސާރަ: -/5180ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ
- ގްރޭޑް 10 ނިންމައިފައިވުމާއިއެކު މަސައްކަތުގެ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމް: ވެލްޑަރ ގރ.1
އަސާސީ މުސާރަ: -/5500ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- · ވެލްޑިން އަދި މެޓަލް ވާރކްސް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
- މަޤާމް: ޑްރައިވަރ ގރ.1
އަސާސީ މުސާރަ: 4380/- ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 02
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ގްރޭޑް 10 ގެ ފެންވަރު ހުރުމާއެކު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ B1,B2,B0,C1,C2,C0ދުއްވުމުގެ ލައިސަންސް އޮތުން.
- އުމުރުން 55 އަހަރަށްވުރެ މަތީ މީހަކަށް ނުވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ތަޖުރިބާއާއި ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ފޯކްލިފްޓް، ކްރޭން ފަދަ ހެވީ ވެހިކަލް ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މަޤާމް: ޓަގު ކްރޫ ގރ.1
އަސާސީ މުސާރަ: 3640/- ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
- ފަތަން އެނގުމާއެކު "ނިޔަމި" ކޯސް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 40 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.
އިތުރުމަޢުލޫމާތު: މި މަޤާމްތަކަށް މުސާރަ އަދި އިނާޔަތްތަކުގެ އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 20 މާރޗް 2022 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް ރަނގަޅަށް އެނގޭގޮތަށް) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އީމޭލް ފޮނުވާއިރު ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.
06 ޝަޢްބާން 1443
09 މާރޗް 2022