ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MMS-A/2022/04
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 16 މާރިޗު 2022 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ބޭނުންވާ އޮފީސް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                                                 

                                                                                   އިޢުލާން

                                                      ނަންބަރު: MMS-A/2022/04

އަންދާސީ ހިސާބު ބޭނުންވެއްޖެ.

             މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ބޭނުންވާ އޮފީސް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެމެވެ.

             ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2022 މާރިޗު 16 ވާ ބުދަ ދުވަހުގެ13:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެވަގުތު 16 މާރިޗު 2022 ވާ ބުދަ ދުވަހުގެ 13:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު އެޓޭޗްކުރެވިފައިވާ ޝީޓްގައި ހިމަނާފައިވާ މަޢުލޫމާތުތަކާ އެއްގޮތަށް ހުށައެޅުއްވުން އެދެމެވެ. އިޢުލާންއާއި އެކު މަޢުލޫމާތު ޝީޓް އެޓޭޗްކުރެވިފައިވާނެވެ.

 

06 ޝަޢުބާން 1443

09 މާރިޗު 2022