ނީލަން
ނަންބަރު: (IUL)377/377/2022/7
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 17 މާރިޗު 2022 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
128 ކިލޯވޮޓްގެ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން

c

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

         ދިވެހިރާއްޖެ.                                   ނަމްބަރ:(IUL) 377/377/2022/7

 

              

އިޢުލާން

 
   

 

 

 

128 ކިލޯ ވޮޓްގެ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން.

 

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ބޭނުންކޮށްފައިވާ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނިންމައި ކުރެވެނު މިއިދާރާގެ ނަމްބަރ (IUL) 377/377/2022/5 އިޢުލާނާ ގުޅިގެން ރަސްމީ 7 ދުވަސްތެރޭގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ވަނީ ބާޠިލް ވެފައެވެ. ވުމާއެކު އަލުން ނީލަމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. ނީލަން ފެށޭއަގަކީ 8,000/-ރ (އަށްހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭ އެންމެ ކުޑަ އަގަކީ 500/-ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ކޮންމެ ދުވަހަކު 13:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ނޯޓިސްބޯޑް ގައި އާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ ދެ ދުވަހު (48 ގަޑިއިރު) އެއް އަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ޖަނަރޭޓަރ އާބެހޭ މައުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6760047 ނުވަތަ 7503097 އަށް ގުޅުއްވުން އެދެމެވެ.

ނީލަން ކާމިޔާބުކުރާ ފަރާތަށް ޖަނަރޭޓަރ ދޫކުރެވޭނީ ނީލަން ނިމޭތާ 15 ދުވަސްތެރޭގައި މި ކައުންސިލަށް ފައިސާ ދެއްކެވުމުންނެވެ.

ވީމާ، ނީލަމުގަިއ ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 09 މާރިޗް 2022 ވާ ބުދަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅުމަށް ހުޅުވާލެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 7 ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅާފައި ނުވާނަމަ އެތާރީޚުން ފެށިގެން މި އިޢުލާން ބާތިލްވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅުއްވާނީ NL-04 ފޯމުންނެވެ. އީމެއިލް ކުރައްވާނަމަ rinbudhoo.gov.mv@info އަށް މެއިލް ކުރެއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާ ފޯމް މި އިދާރާއިންނާއި މި އިދާރާގެ ފޭސްބުކްޕޭޖް އިން ލިބިވަޑައިގަންނަވާނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

05 ޝަޢުބާން 1443 ހ.

08 މާރިޗް 2022 މ.

 

 

 

 

 

08 މާރިޗު 2022