ބީލަން
ނަންބަރު: (IUL)290-ADMIN/290/2022/17
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 22 މާރިޗު 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާގެ ނަމްބަރު (IUL)290-ADMIN/290/2022/12 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓްރީވެފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، ނ.މާފަރު  ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ކުނިނަގާ، ކައުންސިލުން އަންގާ ސަރަހައްދަކަށް، ކުނި ޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކޮށް، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

 

ބިޑް ރަޖިސްޓްރީ ކުރުން

ބިޑު ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްޞަ ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު، އީމެއިލްގެ ޒަރީޢާއިން ނުވަތަ މާފަރު ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ފުރިހަމަވާނެއެވެ. ބީލަމުގައި އަމިއްލަ ފަރުދުންނަށާއި، ޖަމްއިއްޔާތަކަށާއި، ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުނިތަކަށްވެސް ބައިވެރިވެވޭނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން، 15 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓާރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 17 މާރޗް 2022 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތު ސާފުކުރުމަކީ ޕްރީބިޑް ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ.

 

ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ.

 

ބީލަން ހުށަހަޅާނީ، 22 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 އަށް މާފަރު ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ، 22 މާރޗް 2022 ވާ ބްރާސްފަތި ދުވަހުގެ 14:05 ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގެ މީޓިން ރޫމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560005

 

ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މާފަރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެ ބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

 

ތަފްޞީލް

 

ފޯމިއުލާރ

 

 

 

 

އަގު

 

 

 

 

%90

v     ޚިދުމަތުގެ އަގަށްދޭ މާކްސް

v     މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ، ބެންޗްމާކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

(Benchmark Price / Submitted Price ) x Allocated Percentage

 

 

ތަޖުރިބާ

 

 

10%

v     ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަކުން އިޢުލާންކޮށްގެން ކޮށްދީފައިވާ މިފަދަ މަސައްކަތްތައް ނިންމި ކަމުގެ ލިޔުމަށް ބަލައި، މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.

v     ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 

 

 

(Submitted years of Experience / Benchmark years ) x Allocated Percentage

 

09 މާރިޗު 2022