މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސެކްރެޓެރިއަޓް ފޯރ މޭޖަރ ކޮމިޓީސްއަށް އަންނަ ލިޔެކިޔުންތައް އެންޓްރީއިން ނަގާ ކަމާ ބެހޭ ވެރިއެއްގެ ލަފަޔާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް، އެ ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުން ބައިވެރިވާ ބައްދަލުވުންތައް ރާވާ އިންތިޒާމުކުރުން.
- ޙަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ޔައުމިއްޔާ 3 ދުވަހުގެ ތެރޭގައި ނިންމައި ކަމާ ބެހޭ ވެރިއެއްގެ އިރުޝާދުގެ މަތިން 3 ދުވަހުގެ ތެރޭގއި ކޮމިޓީގެ މެންބަރުންނަށް ފޮނުވުން. އަދި އެ ކޮމިޓީއަކުން ނިންމާ ނިންމުން އެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުންގެ އެޕޮއިންޓްމަންޓްތައް ބަލަހައްޓައި އަދި އެމީހުންނާ ބައްދަލުކުރަން އަންނަ މީހުންނާ އިސްތިޤްބާލުކުރުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުން ބައިވެރިވާ އޮފީހުގެ ރަސްމީ އިޙްތިފާލުތަކާއި ރަސްމިއްޔާތުގަކުގައި ބައިވެރިވުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުންގެ ދަތުރުތަކާއި އެ ދަތުރުތަކާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުން ފޮނުވަން ޖެހޭ ލިޔެކިޔުންތަކާއި ފޮތްފޮތާއި ޗާޕްކުރާ ތަކެތި އެމީހުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކުރުން.
- ޗާންސެލަރީއަށް ނިސްބަތްވާ މީހުންނަށް ފޮނުވާ ސިޓީތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރުކޮށް އެފަރާތްތަކަށް ސިޓީ/ ނޯޓް ލިޔެ ފޮނުވައި ރައްދުވިތޯ ބެލުން.
- ޔުނިވަރސިޓީގެ ގެޒެޓް ތައްޔާރުކޮށް ޝާއިޢުކުރުން.
- ޔުނިވަރސިޓީގެ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމުކޮށް ބެލެހެއްޓުން.
- ޝަރުޢީ ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީއިން ދަޢުވާ ކުރާ އަދި ޔުނިވަރސިޓީއަށް ދައުވާ ލިބޭ މައްސަލަތަކާއި އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި މައްސަލަ ތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ސަލާމުބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެ މަތިން ކުރުން.
- ޗާންސެލަރީއިން ޝާއިޢުކުރާ ތަކެތި ތައްޔާރުކޮށް އެކި ފަރާތްތަކަށް ފޮނުވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރަށް އެކިޙާލަތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 މާރިޗު 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2022-91
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|