ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/34
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 17 މާރިޗު 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތަށް ފަނޑިޔާރުން ހޯދުން.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން " ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ނަމުގައި ކުޅުދުއްފުށީގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް ފަނޑިޔާރުން ބޭނުންވާތީ ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރުމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރާތް އޮންނަ ތާރީޚް:

06،05 އެޕްރީލް 2022

ބޭނުންވާ އަދަދު:

03

އެލަވަންސް:

-/1500ރ (ފަނަރަސަތޭކަރުފިޔާ) ދުވާލަކަށް ހަމަޖައްސައި ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

ދެކޮޅު ދަތުރު އަދި ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު:

  1. ދަށްވެގެން ޤުރުއާން މުދައްރިސް ކަމުގެ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  2. މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވަރސިޓީ، ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް  (މަހުރަމް) ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފަނޑިޔާރުކަމަށް އެދި ސިޓީ ހުށަހެޅުން

2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި،

5. އިޢުލާން ކުރެވިފައިވާ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

ފަޑިޔާރުކަމަށް އެދެންވީގޮތް:

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއި އެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

ސުންގަޑި:

17 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527174 ނުވަތަ 6528831 އަށްގުޅުއްވުން އެދެމެވެ.

07 މާރިޗު 2022