ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2022/52
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 16 މާރިޗު 2022 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020،ދުބާއީ ގައި ދިވެހި ފަންނާނުންގެ މިއުޒިކް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އެެކްސްޕޯ 2020،ދުބާއީ ގައި ދިވެހި ފަންނާނުންގެ މިއުޒިކް
ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ޔުނައިޓަޑް އަރެބް އެމިރޭޓްސްގެ ދުބާއީ ގައި މިހާރު ކުރިއަށްދާ، އެކްސްޕޯ 2020 ދުބާއީ ގައި ރާއްޖޭގެ ޕެވެލިއަންގެ ފަރާތުން ކުރިއަށް ގެންދާ ހަރާކާތް ތަކުގެތެރޭގައި ރާއްޖޭގެ ޓޫރިޒަމް، ސަޤާފަތާއި ދިވެހި ތާރީހް، އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލުމުގެ ގޮތުން ގިނަގުނަ ހަރަކާތްތަކެއް ދަނީ ރާވާ ހިންގަމުންނެވެ. މިގޮތުން މިހިނގާ މާރޗް މަހުގެ ފަހުކޮޅު އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކާއި ގުޅިގެން ދިވެހި ފަންނާނުންގެ މިއުޒިކް ހުށަހަޅައިދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މިފުރުޞަތަށް ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށިގެންވާ 1 ނުވަތަ 2 ބޭންޑަކަށް މިފުރުޞަތު ހަމަޖައްސައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރުޞަތު ދެވޭނީ 1 ބޭންޑަށްތޯ ނުވަތަ 2 ބޭންޑަށްތޯ ކަނޑައެޅޭނީ، މި މިނސްޓްރީއިން އެކްސްޕޯ އިންތިޒާމް ކުރާފަރާތައި އެކު މިހާރު ކުރިއަށް ގެންދާ މަސްވަރާތަކުން ދިވެހިހުނަރުތަށް ދައްކާލުމަށް، އެކްސްޕޯ ގެ އޯޕަން ސްޓޭޖްތަށް ހަމަޖެހިގެން ދާމިންވަރަކަށް ބަލާފައެވެ. އަދި މިގޮތުން ފުރުޞަތު ދިނުމަށް މިމިނިސްޓްރީއިން ކަނޑައަޅާ ފަންނުވެރީންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕަރފޯމަންސް ފީއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަރަކާތް ހުށަހަޅާ ދާއިރާތައް

  1. ފިޔުޝަން މިޔުޒިކް (ދިވެހީންގެ މިއުޒިކީ ސާމާނާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭ ގޮތަށް)

ބައިވެރިވާން އެދޭ ފަރާތްތަކުން ހުށަހަޅާ ހުށައެޅުންތައް އިވެލުއޭޓްކުރުމުގައި ބަލާނެ ކަންކަން ތިރީގައިއެވަނީއެވެ.

  1. ލައިވްކޮށް ހުށައެޅުންތަށް ހުށައެޅުމުގެ ތަޖްރިބާ
  2. ދިވެހި އުފެއްދުންތެރިކަމާއި ސަގާފަތް ރަމްޒުކޮށްދޭ މިންވަރު
  3. ހުށަހެޅުންތެރިކަން އަދި ހުށަހެޅުމުގެ ފެންވަރު

އަދި އިވޭލުއޭޝަން ގެ ބައެއްގެ ގޮތުން ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކާއި އިންޓަވިއުކުރުމަށް ވެސްވަނީ ހަމަޖެހިފައެވެ.  

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 16 މާރޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި ބަޔާން ކޮށްފައި ވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމާ އެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) އަދި ޕްރޮފައިލް ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ރެޖިސްޓްރޭޝް ލިންކް މެދުވެރިކޮއް ހުށައެޅުއްވުމަށް ދަންނަވަމެވެ.

 https://forms.office.com/r/6pVwmdTvjv

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 

އީމެއިލް: [email protected]

މޯބައިލް: 9891516

08 މާރިޗު 2022