ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416/416/2022/33
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 15 މާރިޗު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު ބެލެހެއްޓުމާއި، ފަސޭހަ ޕޮއިންޓުން ފެން ފޯރުކޮށްދިނުމުގެ އިތުރުން ޕާރކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި ކޮންމެ މަހަކު  -/8500ރ (އަށްހާސް ފައްސަތޭކަ ރުފިޔާ) އަށް ވުރެ ބޮޑުނުވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

 

ތަން

ގަޑި

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

13:00

އާދީއްތަ

13 މާރިޗު 2022

މަޢުލޫމާތު ދިނުން

13:00

އަންގާރަ

15 މާރިޗު 2022

އަންދާސީ ހިސާބު ހުށަހެޅުން

     

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2022