ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2022/65
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ށ.މާއުނގޫދޫ އައު އިންޖީނުގޭގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (6 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.
ލޭބަރ (ސްކިލްޑް) |
މަޤާމް: |
10 (ދިހައެއް) |
ބޭނުންވާ އަދަދު: |
ށ.މާއުނގޫދޫ |
މަސައްކަތް ކުރަންޖެހޭތަން: |
5550ރ. (ފަސްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
މުސާރައިގެ %20 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ށ) ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ނ) ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން. |
މަސްއޫލިއްޔަތު: |
(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު. (ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް. (ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ. |
މަސައްކަތުގެ މާހައުލު:
|
ލޭބަރ (ނޮން ސްކިލްޑް) |
މަޤާމް: |
10 (ދިހައެއް) |
ބޭނުންވާ އަދަދު: |
ށ.މާއުނގޫދޫ |
މަސައްކަތް ކުރަންޖެހޭތަން: |
4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
މުސާރައިގެ %20 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) ސިއްޚަތު ސަލާމަތުން ހުރުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ށ އަތޮޅުގެ ހުރިހާ ބްރާންޗް ތަކަކުން ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ށ އަތޮޅުގެ ބްރާންޗްކަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
5 ޝަޢުބާން 1443
08 މާރިޗު 2022