ޢާންމު މަޢުލޫމާތު
ނަންބަރު: 252/2022/001
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:40
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރައް އަރާފޭބުމާއި، ހއ.ދައްޕަރުން ބޭނުންވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުޞޫލް.

c

         

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ފިއްލަދޫ

ދިވެހިރާއްޖެ

 

ނަމްބަރ: 252/2022/01

ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރައް އަރާފޭބުމާއި، ހއ.ދައްޕަރުން ބޭނުންވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުޞޫލް.

 

1 ތަޢާރަފް:

(ހ) މިއީ ހއ.ފިއްލަދޫގެ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރުގައިވާ ތަކެތި ބޭނުންކުރުމާއި، އެކިބޭނުންތަކަށް އެރަށަށް އަރާ ފައިބާ ފަރާތްތަށް ޢަމަލުކުރަން ޖެހޭ އެންމެހާ އުޞޫލްތައް ކަނޑައަޅާ ހއ.ފިއްލަދޫ ކައުންސިލްއިން ކަނޑައަޅާ އުޞޫލެވެ.

(ށ) މި އުޞޫލަށް ކިޔާނީ " ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރައް އަރާފޭބުމާއި، ހއ.ދައްޕަރުން ބޭނުންވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުޞޫލް" އެވެ.

 

2. ޢަމަލު ކުރަންފަށާ ތާރޚް:

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލް ކައުންސިލްއިން ފާސްކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

3. އުޞޫލްގެ މަޤްޞަދު:

މިއީ ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެޤާނޫނުގެ 22 ވަނަ މާއްދާގެ (ޓ) އަށް އަދި 56-3 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ސަރަހަދު ބެލެހެއްޓުމާއި އެސަރަހައްދުގައިވާ އެންމެހާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެން ކައުންސިލްއަށް އާމްދަނީއާއި މަންފާ ހޯދުމުގެ މަޤްޞަދުގައި ހއ.ފިއްލަދޫގެ އިޚްތިޞާޞް ގައިވާ ފިއްލަދޫ އުތުރު ދައްޕަރުން އެކި ބޭނުންތަކަށް ތަކެތި ބޭނުން ކުރުމާއި އެރަށަށް އަރާފޭބުމުގައި ކައުންސިލްއިން އިންތިޒާމްކޮށް އަންގާ އެންމެހާ އުޞޫލްތަކުގެ މަތީން އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަޤްޞަދުގައި އެކުލަވާލާ އުޞޫލްއެކެވެ.

 

4. ފިއްލަދޫ އުތުރު ދައްފަރައް ފޭބުމާއި ރަށުގައި ހުރި ތަކެތި ބޭނުން ކުރުމުގެ އުޞޫލް:

(ހ) ދައްޕަރަށް އަރާފޭބުން:

ފިއްލަދޫ އުތުރު ދައްޕަރަށް އެއްވެސް ބޭނުމެއްގައި ހއ.ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުމަކީ މަނާކަމެކެވެ.

(ހ) 1.  އާއިލާ އަދި ރަހުމަތް ތެރިންނާއި އެކު ޕިކްނިކް ދަތުރުތަކާއި،ސަރުކާރު އޮފީސް ތަކާއި ސްކޫލް ތަކުގެ ބޭނުނުމަށް ދަރިވަރުން ގޮވައިގެންދާ ދަތުރުތަކުގައި، ކައުންސިލްއިން އަންގާފައިވާ އުޞޫލްތަކާއި ހިލާފްނުވާ ގޮތަށް އެއްވެސް އުޖޫރައަކާއި ނުލައި ރައް ބޭނުން ކުރުމަށް މިކައުންސިލްގެ އެއްވެސް އިއުތިރާޟެއް ނެތެވެ.

(ހ) 2. ޓްވަރިޒަމްގެ ބޭނުންތަކަށް ރަށައް (ދައްޕްރަށް) އެރުމުގައި މި އުޞޫލްގެ ޖަދުވަލު 1 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ފީއެއް ނެގޭނެއެވެ. އަދި މިނޫން އެހެން ބޭނުންތަކަށް ދައްޕަރު ބޭނުންކުރާ ފަރާތްތަކުން ކައުންސިލުން އެވަގުތެއްގައި ނިންމާ ގޮތެއްގެ މަތިން ފީއެއް ނެގޭނެއެވެ. 

(ހ) 3. ރަށުގެ (ދައްޕަރު) ގައި ހުރި ރުއްގަސް ފަދަ ތަކެތި ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ވިއްކުން. މި އުޞޫލްގެ ޖަދުވަލު 2 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އަގުތައް ނެގޭނެ ތަފްޞީލީ ލިސްޓް.

(ށ) މަތީގައިވާ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ނާއި ދަތުރުމަތީގައި ކަނޑުއުޅަނދު ފަހަރައް ދިމާވާ މައްލަތަކުން އެސަރަހައްދުގެ ފަޅުބޭނުން ކުރާފަރާތްތައް އެމެޖަންސީ ހާލަތެއްފިޔަވާ ކައުންސިލްގެ ހުއްދަނެތި ރަށައް ފޭބުމަކީ މަނާކަމެކެވެ.

 

5. އުޞޫލްއާއި ޚިލާފަވާފުވުން.

(ހ) ކަނުންސިލް އިން ކަނޑައަޅާފައިވާ އުޞޫލް އާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުނުގެ 22 ވަނަ މާއްދާގެ (ޕ) ގައި ވާގޮތަށް އަމަލުކޮށް، އެޤާނޫންގެ 140 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތަށް ފިޔަވަޅުއެޅޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލް- 01

   

ނަގަން
ހަމަޖެހުނު
ރޭޓް

ފައިސާނަގަން ހަމަޖެހުނުގޮތުގެ
ތަފްސީލް

50ލާރި (ފޫޓެއް)

އުނި ދަނޑި (ކެހަދަނޑި)

50ލާރި (ފޫޓެއް)

މިދިލި ދަނޑި (ކެހަދަނޑި)

50ލާރި (ފޫޓެއް)

ދިއްގާ ދަނޑި (ކެހަދަނޑި)

50ލާރި (ފޫޓެއް)

ކާނި ދަނޑި (ކެހަދަނޑި)

50ލާރި (ފޫޓެއް)

މަދޮށި ދަނޑި  (ކެހަދަނޑި)

50ލާރި (ފޫޓެއް)

މަގޫ ދަނޑި (ކެހަދަނޑި)

50ލާރި (ފޫޓެއް)

ދުނބުރި ދަނޑި (ކެހަދަނޑި)

20ރުފިޔާ

ކުރެދި  (އާދައިގެ)

5ރުފިޔާ (ފޫޓެއް)

ދިއްގާ މުޑި (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

3ރުފިޔާ (ފޫޓެއް)

ދިއްގާ މުޑި (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

5ރުފިޔާ (ފޫޓެއް)

ކާނި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

3ރުފިޔާ (ފޫޓެއް)

ކާނި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

5ރުފިޔާ (ފޫޓެއް)

މިދިލި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

3ރުފިޔާ (ފޫޓެއް)

މިދިލި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

5ރުފިޔާ (ފޫޓެއް)

އުނި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

3ރުފިޔާ (ފޫޓެއް)

އުނި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

5ރުފިޔާ (ފޫޓެއް)

މަދޮށި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

3ރުފިޔާ (ފޫޓެއް)

މަދޮށި މުޑި (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

3ރުފިޔާ (ފޫޓެއް)

ބޯކަށިކެޔޮ ހޮޅު (ފަލަ) 

3ރުފިޔާ (ފޫޓެއް)

ކަނދު (ވަށަމިނުގައި 27 އިންޗި ވުރެންބޮޑު)

2ރުފިޔާ (ފޫޓެއް)

ކަނދު (ވަށަމިނުގައި 27 އިންޗި ވުރެންކުޑަ)

 / 1 ރުފިޔާ2.50ރުފިޔާ

ކާށި

30 ރުފިޔާ

ކަނަމަދު ބޮޑު ބަސްތާއެއް

15 ރުފިޔާ

ކަނަމަދު ކުޑަ ބަސްތާއެއް

15 ރުފިޔާ

ކަށިކެޔޮ ގަނޑު

1.50ލާރި

ގަބުޅި

3ރުފިޔާ

ކުރުބާ ދިވެހި

4ރުފިޔާ

ކުރުބާ ދޮންދަނބު

155 ރުފިޔާ

ޓްއަރިސްޓް ޔޮޓް ، ސަފާރީ ދައްޕަރު ފަޅުގައި މަޑުކުރުން (ދުވާލަކަށް)

77 ރުފިޔާ

ދައްޕަރަށް އަރާ ކޮންނެ ޓްއަރިސްޓެއް

 

 

 

 

08 މާރިޗު 2022