ބީލަން
ނަންބަރު: (IUL)333/333/2022/17
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 16 މާރިޗު 2022 11:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫގައި ޤުރުއާން ކްލާސްތަކެއް ހިންގައިދޭނޭ ފަރާތެއް ފަރާތެއްހޯދުން.

ތުލުސްދޫގައި ޤުރުއާން ކްލާސްތަކެއް ހިންގައިދޭނޭ ފަރާތެއް ފަރާތެއްހޯދުން.

މިކައުންސިލުންދޭ މައުލޫމާތުތަކަށް ބިނާކޮށް ކ. ތުލުސްދޫގައި ޤުރުއާން ކްލާސްތަކެއް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކްލާސްތައް ހިންގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 10 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތު ސާފުކުރެއްވުމަށް 2022 މާރޗް 10 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 މާރޗް 16 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މާރިޗު 2022