ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2022/20
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 06 އޭޕްރިލް 2022 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ޑޭ ފާހަގަ ކުރުމާއި ގުޅޭ :

އިޢުލާން

ހޯރަފުށީ ޑޭ ފާހަގަ ކުރުމާއި ގުޅޭ :

                    ހޯރަފުށީ ޑޭ މިނަމުގައި ރަށު ރަށްވެހީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޚާއްސަ ދުވަހެއް 2022 މެއި 17 ވަނަ ދުވަހު ފާހަގަ ކުރުމަށް ރަށުކައުންސިލުން ވަނީ ނިންމަވާފައެވެ. މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ މަޤްޞަދު ތަކަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރީންގެ އަގު ވަޒަން ކުރުމެވެ.  ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާ، ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ޚިދުމަތްތެރީންނާ، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.

                     މަސްވެރިކަމާ، ދަނޑުވެރިކަމާ، ފަތުރުވެރިކަމާ، ދިވެހި ބޭސްވެރިކަމާ، އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާ، އެފަރާތްތަކުގެ އަގު ވަޒަންކުރުމެވެ. ރަށުގެ މުއައްސަސާތަކާ، ކްލަބު ޖަމާޢަތްތަކުގެ އިޖުތިމާޢީ ރޫޙު އާލާކުރުމާ، ރަށުވަންތަ ލޯބީގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމާ، އެފަދަ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމެވެ. ތަޢުލީމީ، ޞިއްޙީ، ތިމާވެށި، ކުޅިވަރު އަދި ވިޔަފާރިއާ އިޤްތިސާދުގެ ދާއިރާއިން ހުނަރުވެރި ޖީލެއް ބިނާކުރުމުގެ ރޫޙުއުފެއްދުމެވެ.  ދީނީ ތަޢުލީމު ކުރިއެރުވުމަށް ހިތްވަރު ދިނުމާ، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ބާރު އެޅުމެވެ. ދިވެހިބަހާ އަދަބިއްޔާތު، އަދި ތާރީޚާ ސަޤާފަތް ނަގަހައްޓާ ދެމެހެއްޓުމަށް ބިނާކުރަނިވި، މަސައްކަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ.

                      ވީމާ، އެކިއެކި ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކަށް ހޯރަފުށީ ޑޭގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށްކުރިމަތިލުމަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެވޯރޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލް އިދާރާއިންނާއި  ހޯރަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފޯމް ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވަން ބޭނުން ފުޅުވާ ފަރާތްތަކުން ހޯރަފުށީ ކައުންސިލްގެ އީ މެއިލް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2022 އެޕްރީލް 06 ވަނަ ދުވަހުގެ 14:00 އެވެ. 

                      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

                       05 ޝަޢުބާން 1443

                       08 މާރިޗު   2022

08 މާރިޗު 2022