ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2022/21
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 17 މާރިޗު 2022 23:59
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

                        އިޢުލާން

މިސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

އެސިސްޓެންޓް ސިވިލް އޮފިސަރ

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު -/5,400 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/ 2,430 ރުފޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރިސޯސް (ހެޑް އޮފީސް)

މަޤާމުގެ ގިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:              

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 06 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ،
  2. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި އެކު  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހެޑް އޮފީހުގެ ހާޒިރީގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މުސާރަ ޝީޓް ތައްޔާރު ކުރުން.
  • ސެޕް ޕޭރޯލްގެ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ ސްކީމްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޕެންޝަން ކޮށާރަށް އެޅުމާއި ޕެންޝަން ޕޭމަންޓްތައް ބަރާބަރަށް ޕެންޝަން އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމާއި ފޮނުވުން.
  • މުސާރަ، ޕެންޝަން އަދި މުވައްޒަފުންގެ ސްކީމާއި ގުޅިގެން އަންނަ އެކިއެކި މައްސަލަތައް ބަލައި ހައްލު ކުރުން.
  • މުސާރައާއި ގުޅިގެން ޖަވާބުދާރީ ވާންޖެހޭ ފަރާތަތަކަށް ޖަވާބުދާރީވުން.
  • މުވައްޒަފުންނާއި ގުޅޭ މައްސަލަތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަމާއި ގުޅޭ އެންމެހައި މަސައްކަތް ކުރުން.
  • ޖަލުތަކާއި ހެޑް އޮފީހުގެ އެތެރޭގެ ބަދަލުތައް އަޕްޑޭޓްކުރުމާއި އެކްޓިވިޓީ ކޯޑް ޝިޓް އަޕްޑޭޓް ކުރުން.
  •  މަސްޢޫލިއްޔަތާއި ގުލޭގޮތުން ހެޑް އޮފް އެޗް.އާރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • އިންޓަވިއު މާކުސް.
  • މައިކްރޯ ސޮފްޓް އެކްސެލްއަށް އަހުލުވެރިވެފައިވާ މިންވަރު.
  • އެސް.އޭ.ޕީ  ސިސްޓަމަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2022 މާރޗް 17 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 % 50 ( ފަންސާސް އިންސައްތަ)

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.)

   08 މާރޗް 2022  

 

08 މާރިޗު 2022