މުބާރާތް
ނަންބަރު: (IUL)305-ME305/305/2022/38
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 10 މާރިޗު 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި ކައުންސިލްގެ ނަންބަރ: (IUL)305-ME305/305/2022/36 (01 މާރޗް 2022) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

   މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަންތަނުގެ ފާޚާނާ ހޮޅި މަގުމަތީ ނަރުދަމާ ހޮޅިޔާއި ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

  1. މަސްޖިދުލް ސަލާމް
  2. އިޖުތިމާޢީ މަރުކަޒު
  3. ހިނަވާގެ
  4. ޕްރީސްކޫލް
  5. ކައުންސިލްގެ އިދާރާ
  6. ރަށްވެހިގެ

 

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      04 ޝައުބާން 1443                          

07 މާރިޗު 2022