ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2022/148
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 14 މާރިޗު 2022 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

  މި މިނިސްޓްރީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J- 280924

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް ޑިރެކްޓަރ

ޑިވިޝަން/ ސެކްޝަން

ހިއުމަން ރިސޯސް ޑިވިޜަން، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/8835 ރުފިޔާ    

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1100 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހިޔުމަން ރިސޯސް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސެކްޝަނުގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތަށް ކަންކަން ޑިވިޝަން ހަވާލުވެހުންނަ ފާރަތެއްގެ ލަފާޔާ މަސްވަރާގެ މަތީން ހަސިލްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ވިލަރެސްކޮށް ހިންގުން.
  2. ކޮންމެ އަހަރެއްގެ ޓުރޭނިންގ ރިކުއާރމެނޓް ތައްޔާރުކޮށް ޓުރޭނިންތައް ހިގަމުންދަނީ ސިވިލް ސާވިސް ޤަވާއިދާއެއްގޮތަށްކަން ކަށަވަރުކޮށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުން.
  3. ސެކްޝަންގެ މަސައްކަތަށް ކުރިޔަށްގެނދާނެ ގޮތުގެ އެސް.އޯ.ޕީތަށް އެކުލަވާ މަސައްކަތަށް ކުރިޔަށްދަނީ އެސްއޯފީތަކާ އެއްގޮތަށްކަން ކަށަވަރުކޮށް ޑިވިޝަން ހަވާލުވެހުންނަ ފާރަތެއްގެ ލަފާހޯދާ މަސައްކަތަށް ވިލަރެސްކުރުން.
  4. ކޮންމެ އަހަރެއްގެ ކަނޑައެޅޭ މުއްދަތުތަކަށް ޕާފޯރމެންސް އެޕްރައިސަލްގެ މަސައްކަތަށް ކުރިޔަށްދާގޮތްބަލާ އެމަސައްކަތާ ގުޅިގެން އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ޑިވިޝަން ހަވާލުވެހުންނަ ފާރަތެއްގެ ލަފާހޯދާ މަސައްކަތަށް ވިލަރެސްކުރުން.
  5. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންގެ ޓުރޭނިންގ ރެޖިސްޓްރީ، ވިއުގަ އަދި އެޗް.އާރ ސިސްޓަމުން އަދާހަމަކުރެވިފަވާކަން ކަށަވަރު ކުރުން.
  6. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އެކިއެކި ދިގު އަދި ކުރުމުއްދަތުގެ ޓްރޭނިންގ ތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ސިވިލް ސާވިސް ޤަވާއިދުގައިވާ އިދާރީ ލިޔެކިންތަށް ފުރިހަމަކޮށް، ނޮމިނޭޝަން ތަކާ ގުޅިގެން ފޮނުވަން ޖެހޭ މަޢުލޫމާތުތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ހަމަޖައްސަން ޖެހޭ އިދާރީ އެންމެހާ ކަންކަން ވިލަރެސްކޮށް ހިންގުން.
  7. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އެކިއެކި ސްޓާފް ޑިވެލޮޕްމެނޓް ކޮންފަރެންސް ނުވަތަ ބައްދަލުވުންތަކުގެ ބައިވެރިވާ މުވައްޒަފުންނަށް ސިވިލް ސާވިސް ޤަވާއިދުގައިވާ އިދާރީ ލިޔެކިންތަށް ފުރިހަމަކޮށް، ނޮމިނޭޝަން ތަކާ ގުޅިގެން ފޮނުވަން ޖެހޭ މަޢުލޫމާތުތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ހަމަޖައްސަން ޖެހޭ އިދާރީ އެންމެހާ ކަންކަން ވިލަރެސްކޮށް ހިންގުން.
  8. މިނިސްޓްރީއާ މިނިސްޓްރީ ގެދަށުގައިވާ ތަންތަނުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު މަތި ކުރުމަށްޓަކައި ކުރު މުއްދަތުގެ ކޯސްތައް ޓުރޭނިންގ އިންސްޓިޓިއޫޓްތަކާ ގުޅިގެން އިދާރީ އެންމެހާ ކަންކަން ވިލަރެސްކޮށް ހިންގުން
  9. މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ޑިޕާރޓްމަންޓްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ޑުރޭނިންގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚަށް އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއި އަދި ބަޖެޓް ފާސްވެގެން ލިބުމުން ބަޖެޓް އެނަލިސިސް ހެދުމުގެ މަސައްކަތް ރާވާ ހިންގުން.
  10. މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ޑިޕާރޓްމަންޓްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުން ތަމްރީނު ތަކުގައި ބައިވެރިވާ މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ ކަންކަން ބަލާ ވެރިންގެ ލަފާގެ މަތީން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
  11. ކޯސް ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ޕޭލީވް ހަމަޖެހޭ ފަރާތްތަކާއި މިނިސްޓްރީ އާއި ދެމެދު އިޤުރާރު ތައްޔާރުކޮށް ސޮއިކުރުވާ، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  12. ރާއްޖޭން ބޭރުގައި ބޭއްވޭ ތަމްރީނު ތަކާއި، ވާރކްޝޮޕް، ސެމިނާރ އަދި ކޮންފަރެންސް ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރާއިގުޅޭގޮތުން ކުރަންޖެހޭ ކަންތައް (ޕޮކެޓްމަނީ/އިންސިޑެންޓަލް ފައިސާ، ޓިކެޓް އަދި ވިސާ) ގެ ކަންތައްތައް ހަމަޖެއްސުމާއި ދަތުރާއި ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ކުރުން.
  13. ސިއްހީ ދާއިރާއަށް އަންނަ ބަދަލުތަކާއި ސިވިލް ސާރވިސްގެ ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން މުވަޒަފުންށް އޮރިއެންޓޭޝަން ޕްރޮގްރާމް ރާވާ ހިންގާ ،ރެކޯޓްތަށް ވިއުގަ އަދި އެޗް.އާރ ސިސޓަމް އަދާހަމަކޮށް ބެލެހެއްޓުން
  14. ބޭރުގެ އެކި އެކި އޯގަނައިޒޭޝަން ތަކުން އިންތިޒާމް ކުރާ ވާރކްޝޮޕް، ސެމިނަރ، އަދި މީޓިން، ކޮންފަރެންސް ތަކުގައި ބައިވެރިވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން ނޮމިނޭޝަން ހޯދުމާއި ފޮނުވާލުން.
  15. އަހަރީ،މަސް އަދި ހަފްތާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ރިޕޯޓް ތައްޔާރުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގުޅުންހުރި ފަރާތްތަކަށް ފޮނުވޭކަން ކަށަވަރު ކުރުން
  16. ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިޔުމަން ރިސޯސް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހިޔުމަން ރިސޯސް

ގުޅޭ ވަޒީފާގެ ދާއިރާ

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

( ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 14 މާރިޗް 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2022 މާރިޗް / 2022 އެޕްރީލް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، ޕްރެޒެންޓޭޝަން،  އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

07 މާރިޗު 2022