ދިވެހިރާއްޖެ
ބަރަކާތްތެރި ރަމަޟާން މަހުގެ ރޫޙާއިއެއްގޮތް ވާގޮތުގެ މަތިން ޚާއްސަކޮށް އެމަސް ފާހަގަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ގުރޫޕް އާއި ޖޫނިއަރ ގުރޫޕެވެ. މިމުބަރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ. ޖޫނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ. އަދި ސީނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ފުރިފައިވާ އަހަރަށެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ. މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ:
ކޮންމެ ގްރޫޕަކުން 1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުޅިމުބާރާތުން 1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މި މުބާރާތާއި ބެހޭއުޞޫލާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ އުޞޫލު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 20 މާރޗް 2022 އެވެ. މި މިބާރާތުގައި ފޯރމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 2:00 އަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.