ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު (IUL)416-ESMPL/416/2022/22 އިޢުލާން ބާޠިލް ކުރުމަށްފަހު، އިޢުލާނަށް އިތުރު ބަދަލު ގެނައުމަށްފަހު އާންމުކޮށް އިޢުލާން ކުރަމެވެ.
ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެ
1443 ވަނަ އަހަރު ރަމަޟާންމަހު، ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތު ހިމަނައިގެން ކޯޓޭޝަން 10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔުންތަކަކީ:
1- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯ ކޮޕީ.
2- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
3- ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީއެއް.
4- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ޕާސްޕޯރޓް ކޮޕީ، ވޯރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.
ކޯޓޭޝަނުގައި ހިމަނަންޖެހޭ މަޢުލޫމާތު
1- ހާފިޡުގެ ޤައުމު އެގޭނެހެން ޓިކެޓް ޚަރަދު (ރާއްޖެއައުމާ އެނބުރި ޤައުމަށް ފޮނުވުމުގެ ޙަރަދު)
2- ދަތުރު ޚަރަދު (ރާއްޖެއާއި ބޭރުގެ އެއްތަނުން އަނެއްތަނަށްކުރާ ދަތުރު ޚަރަދު)
3- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު
4- ވިސާއާއި އިންޝޫރަންސް މަސައްކަތުގެ ޚަރަދު
- · ޙާފިޡަކު ނެގުމުގައި، ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6840006 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.