ދިވެހިރާއްޖެ
ނަންބަރު:MTDC-JA/2022/201
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1
މަސައްކަތް ކުރަންޖެހޭ ތަން: އެމްޓީޑީސީ އޮފީސް، މާލެ
ޝަރުތު: ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.
މުސާރަ: -/8,000 ރުފިޔާ އާއި -/9,000 ރުފިޔާ ދެމެދު، މަސައްކަތާ، ތަޖުރިބާ އާއި ތަޢުލީމީ ފެންވަރަށް ބިނާކޮށް މުސާރަ ކަނޑައެޅޭނެ.
މަތީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2022 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން މިކުންފުނީގެ އޮފީހަށް ލިބިލައްވާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ނުވަތަ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް، އައިޑީކާޑް ކޮޕީ، ޕާސްޕޯޓް ސައިޒްގެ އެއް ފޮޓޯ އަދި ޕޮލިސް ރިޕޯޓް އާއިއެކު މަޤާމަށް ކުރިމަތިލުމަށްއެދި ސިޓީ ފޮނުއްވުންއެދެމެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕލކ.
ގ. ފަތުރުވެހި ފުރަތަމަ ފަންގިފިލާ، ބުރުޒުމަގު، މާލެ
ފޯން: 3347766 ފެކްސް: 3347733
އީމެއިލް: [email protected]