ދިވެހިރާއްޖެ
"ފަތުރުވެރި ސިނާޢަތުގެ ތަރައްގީގެ 50 އަހަރު" އާއިބެހޭ ފޮތެއް ދިވެހިބަހުން ޑިޖިޓަލްފޯރމެޓްގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.
"ފަތުރުވެރި ސިނާޢަތުގެ ތަރައްގީގެ 50 އަހަރު" އާއި ބެހޭ ފޮތެއް ދިވެހިބަހުން ޑިޖިޓަލްފޯރމެޓްގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ޕްރީ-ބިޑް މީޓިންގ |
14 މާރިޗު 2022 (ހޯމަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަން ހުށަހެޅުން/ހުޅުވުން |
23 މާރިޗު 2022 (ބުދަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް ކޮންޓެކްޓް ކުރެއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
04 ޝަޢުބާން 1443