ދިވެހިރާއްޖެ
އައިޔޫއެމް ހޯލްޑިންގްސްއިން ހަނިމާދޫގައި ވިޔަފާރި ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް ބޭނުންވެއްޖެ
އައިޔޫއެމް ހޯލްޑިންގސްއިން ކޮށްފައިވާ އިޢުލާން ނަންބަރު IUMH-AD/I/2022/18 ގައި ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
އިއުލާން ނަންބަރު: IUMH-AD/I/2022/23
އިޢުލާން
އައިޔޫއެމް ހޯލްޑިންގްސްއިން ހދ. ހަނިމާދޫގައި ވިޔަފާރި ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް 5 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެއެވެ. މިތަނުގައި ތިރީގައިވާ ކަންތައްތައް ފުރިހަމައަށް ހުންނަންވާނެއެވެ.
- ތަނަކީ މަދުވެގެން 500 އަކަފޫޓުގެ ތަނެއް ކަމުގައިވުން.
- ތަނަކީ ރީތިކޮށް ހަދާ، ކުލަލައި، ލައިޓްހަރުކޮށް، ބޭރުން ފެންނަން ހުންނަ ގޮތަށް ބިއްލޫރި ހަރުކޮށް އަދި ޓައިލްސް ޖަހާފައިވާ ތަނެއްކަމުގައިވުން.
- ތަނަށް ވަކިން ކަރަންޓު ލާފާ ހުރުން.
- ތަނަކީ ބޭރުން ވަދެވޭގޮތަށް ހުންނަ ތަނެއްކަމުގައިވުން.
ނޯޓު: ތަނުގައި ފާހާނާއެއް ހުރުމަކީ އެދެވިގެންވާ ކަމެކެވެ.
ވީމާ މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މަރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އައިޔޫއެމް ހަނިމާދޫ ލަރނިންގ ސެންޓަރަށް ނުވަތަ [email protected] އަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ.
ހުށަހެޅުމުގައި ހިމަނަންޖެހޭ ލިޔެކިޔުންތައް:
- 5 އަހަރު ދުވަހަށް، މަހުން މަހަށް ހުށަހަޅާ އަގުގެ ތަފްސީލް
- ތަނުގެ ރެޖިސްޓްރީ ކޮޕީ
- ތަނުގެ ވެރިފަރާތް އެނގޭ ލިޔުމެއް
- ތަނުގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަނުގެ އޭރިއާ / ބޮޑުމިން
- ތަނުގެ ކުރެހުމާއި ފޮޓޯ
ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ހެނދުނު 09:00 އާއި މެންދުރު14:00 ދެމެދު 7999854 އަށް ގުޅުއްވުން އެދެމެވެ.