ދިވެހިރާއްޖެ
އިޢުލާން
ގޯތީގެ މިން ހަމަކޮށްދިނުމާއި، ގޯތީގައި ފޫޓު އެޅުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން:
މިރަށުގައި މީހުން ދިރިއުޅުމަށް އެކިދުވަސްވަރު މަތިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯތީގެ މިން ހަމަނުވުމާއި ފޫޓް އެޅުމުގައި ދިމާވެފައި ހުންނަ މައްސަލަތައް އެކި ދުވަސްވަރު މަތިން ކައުންސިލަށް ދަނީ ހުށަހެޅެމުންނެވެ. މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، މި ފަދަ މައްސަލަތަކުގައި ޢަމަލު ކުރާނެ އެސްއޯޕީއެއް އެކުލަވާލެވި، މި އެސްއޯޕީއާއި އެއްގޮތަށް މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން ނިންމާފައިވާތީ، ގޯއްޗާއި ގުޅޭ މިފަދަ މައްސަލައެއްވާނަމަ، މިއަދުން ފެށިގެން، 2022 މާރޗް 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެ މައްސަލައެއްގެ ތަފްޞީލް ހިމެނޭހެން މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި ކައުންސިލްގެ ނަމްބަރ (IUL)290-ADMIN/290/2021/40 (30 މެއި 2021) އާއި ގުޅިގެން، މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ. މި އިޢުލާނާއި އެކު، ގޯތީގެ ފޫޓު އެޅުމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމާއި ގުޅޭ ސްޓޭންޑާޑް އޮޕްރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ޢާންމު ކުރީމެވެ.
07 މާރޗް 2022