ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS11/IUL/2022/6
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:44
ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
10 މައިކްރޯ ސީޕީޔޫ ހޯދުމަށް

އިޢުލާނު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިމަދަރުސާއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ކުރެވުނު މިމަދަރުސާގެ 05/IUL/2022/11GS ނަމްބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ،  އެއިޢުލާން ބާޠިލްކޮށް މިދަންނަވާ ތަކެތި ހޯދަން އަލުން އިޢުލާން ކުރަމެވެ.

C 10 Micro CPU ( i5, 8GB Ram, 256 SSD hard, keyboard, mouse )

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގައާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް  (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

2022 މާރޗް 10 ވާ ބުރާސްފަތި ދުވަހު 10:30 ގައި

2022 މާރޗް 13 ވާ އާދީއްތަ ދުވަހު 10:30 ގައި

 

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތަށް މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7952910 އާއި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

07 މާރިޗު 2022