ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ:331/331/2022/22(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
1443 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޙިފުޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރެއްވުމަށް ވަޑައިގަންނަވާ ޙާފިޡުގެ ކެއުން ތައްޔާރުކޮށްދިނުމާއި، ޙާފިޡުގެ ހެދުން ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކައުންސިލްގެ އިދާރާއިން ދޭ މެނޫއާއި އެއްގޮތަށް ކެއުން ތައްޔާރުކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، އަދި މިކައުންސިލުންގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޙާފިޡުގެ ހެދުން ދޮވެ އިސްތިރި ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2022 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2022 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިދެމަސައްކަތުގެ ކޯޓޭޝަން ހުށަހަޅުއްވާނީ ވަކިވަކިންނެވެ..
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.