ދިވެހިރާއްޖެ
މިޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: މަސައްކަތު
މަޤާމުގެ ކްލެސިފިކޭޝަން ސަޕޯރޓް ސްޓާފް ގްރޭޑް 1
ރޭންކް: މަސައްކަތު
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3100ރ
ސަރވިސް އެލަވެންސް: -/1000ރ
އަދަދު: 1 (އެކެއް)
ތައުލީމާއި ތަޖުރިބާ: ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ސެކްޝަންތަކުގެ، ފާޚާނާތައް ސާފުކުރުން
- ސްޓޮކަށް ގެނެވޭ ތަކެތި ސްޓަކަށް ވެއްދުމާއި، ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން
- ކޮންފަރެސް ރޫމް އަދި ސައިކޮޓަރި ސާފުކުރުން
- އޮފީހުން/ ސެކްޝަންތަކުން ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ނުވަތަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން
- މީޓިންގތަކަށް ކޮފީ/ސައި ތައްޔާރުކުން
- އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚު: 04 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް
ހޮވުމަށް ބެލޭނެ ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަވިއު ކުރުން: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، (15 - 18 ސެޕްޓެންބަރު 2014) މި މުއްދަތު ތެރޭގައި އެންގޭނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 333 0411 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
28 ޝައްވާލު 1435