ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/22
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 22 މާރިޗު 2022 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫން ބަންޑާރަ ގޯތި ދޫކުރުން

އިޢުލާން

ކޮޅުމަޑުލު ކިނބިދޫން ބަންޑާރަ ގޯތި ދޫކުރުން

            ޤާނޫނު ނަމްބަރ 2002/01 ( ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު)ގެ 12 ވަނަ މާއްދާއާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތީން، މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބަންޑާރަ ގޯއްޗަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

1- ދޫކުރެވޭ ގޯތިތަކާއި ބެހޭ މަޢުލޫމާތު:

1.1- ގޯތީގެ ޢަދަދު: 26

1.2- ގޯތީގެ ސައިޒް: 2000 އަކަފޫޓް

1.3- ގޯތި ދޫކުރާ ސަރަޙައްދުގެ ޗާޓް: މި އިޢުލާނާއި އެކީގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

2- ގޯއްޗަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް

2.1- ދިވެހިރައްޔިތަކު ކަމުގައިވުން

2.2- ޢުމުރުން 18 އަހަރު ފުރިފައިވުން

2.3- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން

2.4- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން ނުވަތަ އެފަދަ ބިމެއް އޮތްކަމުގައިވާނަމަ އެބިން ދޫކޮށްލުން

2.5- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ނުވަތަ ރޯހައުސްއެއް އެމީހަކަށް ލިބި ނުވަތަ އޮވެ އެފަދަ ތަނެއް މީހަކަށްދީ ނުވަތަ ވިއްކާލާފައިވާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން

2.6- ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޢިމާރާތް ކޮށްފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއަކަށް ޝަރުޠު ފުރިހަމަވެ އެފަދަ ތަނެއް ލިބޭނެ ކަމުގެ ލިއުން ލިބިފައި ނެތުން ނުވަތަ އެފަދަ ލިއުމެއް ލިބިފައިވާނަމަ އެލިއުމުގައިވާ ތަން ދޫކޮށްލުން

2.7- ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެ މީހަކަށް ޝަރްޢީ ގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެގޯއްޗަކާ މެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި މިކައުންސިލްގެ ގޯތި ދޫކުރުމަށް ޢައްޔަންކޮށްފައިވާ ކޮމިޓީއަށް ފެނުން (އެކޮމިޓީން ޢަމަލު ކުރާނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށެވެ.)

3- ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު

3.1- ގޯތި ގެދޮރާބެހޭ ބައި

ހ. ގޯއްޗަށް އެދޭ މީހާއާއި އެމީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ހަމަވާ

   ބިމެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފްލެޓެއްގެ އެޕާރޓްމެންޓެއް ލިބިފައި ނެތްނަމަ          25 ޕޮއިންޓް

ށ. މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް ނެތްނަމަ                                 10 ޕޮއިންޓް      

3.2- ކައިވެނީގެ ބައި

ހ. މީހަކާ އިދެގެން ހުރިނަމަ                                          10 ޕޮއިންޓް

ށ. މީހަކާ ނުއިނދެ ހުރިނަމަ                                          05 ޕޮއިންޓް

ނ. އެކަނިވެރި މައެއް ނުވަތަ ބަފައެއް ނަމަ                                  02 ޕޮއިންޓް

ރ. މީހަކައި އިނދެގެން 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ                     05 ޕޮއިންޓް

3.3- ޢުމުރުގެ ބައި

ހ. ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ ނަމަ                           02 ޕޮއިންޓް

ށ. ޢުމުރުން 25 އަހަރު ފުރި 30 އަހަރު ނުފުރޭ ނަމަ                           04 ޕޮއިންޓް

ނ. ޢުމުރުން 30 އަހަރު ފުރި އެއަށްވުރެ މަތިނަމަ                              06 ޕޮއިންޓް

3.4- ދަރިންގެ ބައި

ހ. ގޯއްޗެއް ނެތް ކޮންމެ ދަރިއަކަށް                                      05 ޕޮއިންޓް

3.5- ޝަރުޢީ ގޮތުން ބަލަންޖެހިގެން ބަލާ މީހުން ތިބިނަމަ މީހަކަށް                     02 ޕޮއިންޓް                

3.6- ރަށްވެހި ކަމުގެ ބައި

ހ. ރަށްވެއްސަކަށް ވާނަމަ                                           15 ޕޮއިންޓް

ށ. ރަށުގައި ދިރިއުޅޭނަމަ  (ގޯއްޗަށް އެދޭ މީހާ ނުވަތަ އަނބިދަރިން ރަށުގައި ދިރިއުޅުން)         10 ޕޮއިންޓް

3.7- ދިރިއުޅުމުގެ ޙާލަތަށްބަލައި  (ދިރިއުޅުމުގެ ޙާލަތު ބަޔާންކުރާ ފޯރމަށް)                20 ޕޮއިންޓް

4- މާނަކުރުން

4.1- ގޯއްޗަށް އެދޭ މީހާއާއި އެމީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ހަމަވާ ބިމެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފްލެޓެއްގެ އެޕާރޓްމެންޓެއް ލިބިފައި ނެތް މީހުންގެ ތެރޭގައި، އެފަދަ ބިމެއް ނުވަތަ ތަނެއް ލިބި ދޫކޮށްލައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ރޯހައުސްއެއް ނުވަތަ ފްލެޓެއްގެ އެޕާޓްމަންޓެއް ލިބޭނެ ކަމުގެ ލިއުން ލިބި އެތަން ދޫކޮށްފައިވާ ފަރާތްތަކާއި، އަދި ސަރުކާރުން އެންމެފަހުން ފްލެޓް ދޫކުރި ލިސްޓްގައި ޝަރުޠު ހަމަނުވާ ފަރާތްތައްވެސް ހިމެނޭނެއެވެ.

4.2- ޢުމުރު ބަލާނީ ގޯތި ދޫކުރުމަށް ޢާއްމުކުރި އިޢްލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

4.3- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ނުވަތަ ރޯހައުސްއެއް އެމީހަކަށް ލިބި ނުވަތަ އޮވެ އެފަދަ ތަނެއް މީހަކަށްދީ ނުވަތަ ވިއްކާލިތާ 5 އަހަރު ނުވާނަމަ އެމީހަކު ގޯއްޗަށް އެދުމުގެ ޝަރުތު ހަމައެއް ނުވާނެއެވެ.

4.4- ގޯތިދޫކުރުމާބެހޭ ގޮތުން އެކުލަވާލެވޭ ކޮމިޓީގައި ހިމެނޭނީ ކިނބިދޫ ކައުންސިލް އިދާރާގެ 5 ކައުންސިލަރާއި،  ގޯތިދޫކުރުމާބެހޭ ސެކްޝަންގެ ވެރިޔަކާއި މުވައްޒަފަކާއި، ކިނބިދޫ ސްކޫލުން ކަނޑައަޅާ މުވައްޒަފަކާއި، ކިނބިދޫ ޞިއްޙީމަރުކަޒުން ކަނޑައަޅާ މުވައްޒަފަކާއި، ކިނބިދޫ ފެނަކަ ބްރާންޗުން ކަނޑައަޅާ މުވައްޒަފަކާއި، ރަށުގެ ކުލަބް ޖަމިއްޔާތަކުން، ކޮންމެ ޖަމިއްޔާ އަކުން ކަނޑައަޅާ މީހަކާއި، އާންމުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 މީހުން ހިމެނޭ ގޮތަށް ޖުމްލަ 13 މެމްބަރުންނެވެ.

5- ލިބޭ ގޯތި ކަނޑައެޅުން

      ރަށުގެ ޗާޓްގައި ދޫކުރުމަށް ކަނޑައަޅައި ކުރަހާފައިވާ ގޯތިތަކުގައި ޖަހާފައިވާ ނަމްބަރތައް ގުރުޢަތު ލައިގެންނެވެ. ޤުރުޢަތު ނަގާނީ އެންމެ މަތީން ޕޮއިންޓް ލިބޭ 26 މީހުންނެވެ. ދެމަފިރިން މިލިސްޓްގައި ހިމެނޭނަމަ ދެމީހުންގެ ތެރެއިން އެއްބަސްވާ އެކަކު އުނިކުރުމަށްފަހު ދެން އެންމެ ގިނަ ޕޮއިންޓް ލިބޭ 26 މީހުންނެވެ. ދެމަފިރިންގެ ތެރެއިން އުނިކުރާނެ މީހަކާމެދު ދެމަފިރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޤުރުޢަތުލައިގެން އެކަކު ހަމަޖައްސާނީއެވެ. 26 ވަނައަށް އެއްފަރާތަށްވުރެ ގިނަފަރާތަށް ޕޮއިންޓް އެއްވަރުވެއްޖެނަމަ އެފަރާތްތަކެއްގެ މެދުގައި ޤުރުޢަތުލައި ތަރުތީބު ކުރާނީއެވެ. ގުރުން ލިބޭ ފަރާތް ވާނީ 26 ވަނަ މީހާއަށެވެ.

6- ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން

ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް މިއިދާރާއިންނާއި، މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވައިބަރ ގްރޫޕުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 07 މާރިޗް 2022 ން 22 މާރިޗް 2022 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 13:00 އަށް މިއިދާރާއިންނާއި، މިއިދާރާގެ [email protected] އީ- މެއިލް އިންނެވެ.

7- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

7.1- ގޯއްޗަށް އެދޭ ފަރާތަކީ މީހަކާ އިދެނގެން އުޅޭ މީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ހުރިހާ ޞަފްޙާއެއްގެ ކޮޕީ

7.2- ގޯއްޗަށް އެދޭ ފަރާތަކީ ވަރިވެފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓްގެ ހުރިހާ ޞަފްޙާއެއްގެ ކޮޕީ

7.3- ގޯއްޗަށް އެދޭ ފަރާތާއި، އެފަރާތުގެ އަނބި ދަރީންގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

7.4- ޝަރްޢީ ގޮތުން ބެލެނިވެރިކަން ޙަވާލުކޮށްފައިވާ މީހަކު ބަލާނަމަ އެކަމުގެ ޝަރްޢީ ލިއުމުގެ ކޮޕީ

7.5- ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއްގެ އެޕާޓްެމެންޓެއް ނުވަތަ ރޯހައުސްއެއް އޮވެ އެތަން ދޫކޮށްލިކަމުގެ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިއުން

7.6- ހުށަހަޅަންޖެހޭ ލިއުންތަކާއި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުކުރާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

            04 ޝަޢްބާން 1443

            07 މާރިޗް  2022    

07 މާރިޗު 2022