ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) MBC-HH/MBC/2014/38
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 07 ސެޕްޓެންބަރު 2014 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
މެނޭޖަރ ލީގަލް އެފެއަރޒް

މަޤާމު:

މެނޭޖަރ ލީގަލް އެފެއަރޒް

މަޤާމުގެ ރޭންކް:

EX 4

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައި އޮފީސް، މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  2. ނުވަތަ ޤާނޫނީ ދާއިރާގައި އިސް މަޤާމެއްގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޝަންގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި މި މަޤުޞަދަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްނެގުމާއި ވިލަރެސް ކުރުން؛
  2. ކޯޕަރޭޝަންގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި ކޯޕަރޭޝަންގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުން؛
  3. ކޯޕަރޭޝަންގެ ޗެނަލްތަކުން ފަތުރާ ކޮންޓެންޓާ ގުޅޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތުގައި އެކަންކަމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  4. ޤާނޫނޫ ނަންބަރ: 2010/06 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ލިބިދިނުން؛
  5. ކޯޕަރޭޝަންގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  6. ކޯޕަރޭޝަނާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި އެކަމެއް ކުރާ، ކޯޕަރޭޝަންގެ ފަރާތްތަކަށް ޤާނޫނީގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  7. ކޯޕަރޭޝަންގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން މަޤާމަށް މީހަކު ހޮވުމުގައި މަޤާމުގެ އަސާސީ ޝަރުޠު ހަމަވާ މީހުންކުރެ، އެމީހެއްގެ ތަޢުލީމީ އަދި ހުނަރުގެ ގޮތުން އެންމެ ފެންވަރު ރަނގަޅު އަދި ތަޖުރިބާ އާއި ކަމާގުޅޭ ރޮނގުތަކުން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކަށް ބެލޭނެއެވެ.

މުސާރަ އާއި އެލަވަންސް

މަހަކު -/17500 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓް ކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ނޯޓް: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

7 ސެޕްޓެންބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3000284/3000200 /3000210 ނަންބަރު ފޯނާއެވެ.

                   29 ޝައްވާލު 1435       

25 އޮގަސްޓް 2014