ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/85
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 20:02
ސުންގަޑި: 13 މާރިޗު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
' ވެޓް މާރކެޓް ' އެޅުމާ ގުޅޭ

  މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން 'ވެޓް މާރކެޓް' އެޅުމަށް މިކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

  އިތުރު މައުލޫމާތު ހޯއްދެވުމަށް އާރު.އެފް.ޕީ އެކުލަވާލާފައިވާ ގޮތުގެމަތިން ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމަށް ބޭނުންވާފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 

  މިކަމާގުޅޭ ސަބްމިޝަން ފޯމް އަދި ޕްރޮޖެކްޓާ ގުޅޭ އާރު.އެފް.ޕީ މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

06 މާރިޗު 2022