މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2022/28
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 15 މާރިޗު 2022 10:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ މަސައްކަތްތަކަށް ކޮންސަލްޓަންސީ ފަރމްއެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކާޑުހެދުމުގެ އެއްވެސް ސިސްޓަމަކަށް ބަދަލެއް ނުގެނެސް މުޅި ރާއްޖޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ކަންތައްތައް އެއްގޮތަކަށް ކުރިއަށްގެންދިއުމާއި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 މާރިޗް 2022 ވާ އާދިއްތަ ދުވަހުގެހެނދުނު 10:00 ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

 

                                    05     ޝަޢުބާން      1443 ހ.

                                    06       މާރިޗް       2022 މ.

06 މާރިޗު 2022