މަސައްކަތް
ނަންބަރު: IUL/A/273/2014/25
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 08 ސެޕްޓެންބަރު 2014 13:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ގޮއިދޫގައި އަލަށް ހަދާ ފުޓްބޯޅަދަނޑުގެ ބިންސާފުކުރުމާއި ފަސްގަނޑު ލެވަލްކުރުމުގެ މަސައްކަތް ކުރުމުގެ ދަޢުވަތު

            ށ. ގޮއިދޫގައި އަލަށް ހަދާ ފުޓްބޯޅަދަނޑުގެ ބިންސާފުކުރުމާއި ފަސްގަނޑު ލެވެލްކުރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

            ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ށ. ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު" މިހެން ލިޔެވިފައި އޮންނަވާނެއެވެ. 

            އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި އަންދާސީހިސާބަށް ކުރިމަތިލާ ފަރާތްތަކަށް މާކުސްދެވޭނެ ގޮތުގެ ތަފުސީލު މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ.

            މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 9606540043+ ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

21 ޝައްވާލު 1435

17 އޮގަސްޓް 2014