މަސައްކަތް
ނަންބަރު: B407/2014/40
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 02 ސެޕްޓެންބަރު 2014 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ހެދުމާބެހޭ

މިއިދާރާގެ ރަސްމީ ވެބްސައިޓް ޑިޒައިންކޮށް ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ވެބްސައިޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިމަސައްކަތް ކޮށްދެވޭނެ އަގު ބަޔާންކޮށް 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު މިފަދަ މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން އަންގައިދޭ ލިޔުންތައް ހިމެނޭގޮތުން ޕްރޮފައިލެއް ތައްޔާރުކޮށް ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައި މިދަންނަވާގޮތުގެ މަތިންނެވެ.

  1. މަސައްކަތުގެ އަގަށް    %60

  2. ހުށަހަޅާ މުއްދަތަށް     %20

  3. މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަމަށް %20

ރަށުން ބޭރުގައި ތިއްބަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހު ފޯނުން ގުޅުއްވުމުން އެފަރާތުން ބޭނުންފުޅުވާ ފެކްސް ނަންބަރަކަށް މައުލޫމާތު ޝީޓް ފެކްސް ކުރެވިދާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ޝައްވާލު 1435 

20 އޮގަސްޓް 2014