ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2022/23
އިޢުލާން
ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން ރައްޔިތުންގެ ޢިމާރާތްތަކާއި، އިޖްތިމާއީ ސަރަޙައްދު ބަލަހައްޓާނެމީހުން ބޭނުންވެއްޖެ
ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން ރައްޔިތުންގެ ޢިމާރާތްތަކާއި، އިޖްތިމާޢީ ސަރަޙައްދު ބަލަހައްޓާނެ މީހުންބޭނުންވެއްޖެ
މަޤާމް: މަސައްކަތު (ފިރިހެން)
ބޭނުންވާ އަދަދު: 01 (އެކެއް)
މަސައްކަތްކުރަންޖެހޭ ތަން : ނ.ވެލިދޫކައުންސިލްގެ އިދާރާ
މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް: ދުވާލަކު 5 (ފަހެއް) ގަޑިއިރު
މަޤާމުގެ މުސާރަ: -/4000 (ހަތަރުހާސް) ރުފިޔާ
ސަރވިސްއެލަވަންސް: -/1000 (އެއްހާސް) ރުފިޔާ
މުއްދަތު: 1 (އެކެއް) އަހަރު
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، (ހަމަޖެހިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތިން) އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުން ކަމުގައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ، އެސަރަޙައްދުގައި ހުންނަ ބޮޑަތި ގަސްތަކުގެ ގޮފިތައް ކޮށާ، ފަޅާފައިވާ ވިނަތައް ބޯވިޔަ ނުދީ ނޮޅާ ސާފްކޮށް، ބެލެހެއްޓުން.
- ރަށުގެ ބަދަރުބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
- ރައްޔިތުންގެ ޢިމާރާތްތައް ކުނިކަހާ ، ފޮޅާ ސާފްކޮށް، ދިޔަދޮވި ތަކާއި، ފުރާޅާއި، ޢިމާރާތްތަކުގެ ބެޑްޝީޓާއި، ބާލީހްއުރައާއި، ދޮރުފޮތިތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
- ރައްޔިތުންގެ ޢިމާރާތްތަކުގެ ލައިޓްތައް އެދުމުން ބަދަލްކުރުމާއި، ފެންޕަންޕަށްދިމާވާ މައްސަލަތައް ކައުންސިލަށް ހުށަހަޅައިގެން އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.
- ބަލަހައްޓަމުންދާ ޢިމާރާތްތަކުގެ ކަރަންޓަށްލިބޭ ގެއްލުންތައް ހައްލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސްޕަވައިޒަރަށް ހުށައަޅާގެން މަސައްކަތްކުރުން.
- މަގުތަކުގައި ޖަހާފައިވާ ބައްތި ދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން.
- ފެންހެދޭ މަގުތަކަށް ވެލިއަޅާފަސްގަނޑު ލެވަލްކުރުން.
- އިމާރާތްތަކުގެ ކޮޓަރިތައް ތައްޔާރުކުރުމަށް އެންގުމުން ބެޑްޝީޓާއި ބާލީހުއުރަބަދަލުކޮށް ، ފާޚާނާތެރެ ސާފްކޮށް ކޮޓަރިތެރެ ސާފްކޮށް ކޮޓަރިތެރެކުނިކަހާ ތައްޔާރުކޮށް ކައުންސިލްގެ އިދާރާއިން އަންގާފަރާތަކާއި ތަޅުދަނޑި ޙަވާލްކުރުން.
- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުނިމެނޭޖްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް
ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 މާރޗް މަހުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 މާރޗް 2022 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތައް
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
03 ޝަޢުބާން 1443
06 މާރޗް 2022