ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSMS/416/2022/31
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 09 މާރިޗު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދަށް ޢަމަލުކުރަން ފެށުން!

މަޑަވެލި ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދަށް

 ޢަމަލުކުރަން ފެށުން!

 

          މަޑަވެލި ބަނދަރު ބެލެހެއްޓުމާބެހޭ ގޮތުން 31 ޑިސެމްބަރ 2013 ވީ އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކުރެވިފައިވާ "ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު" ނަންބަރ: 2013/R-2071 އަށް 07 މާރޗް 2022 ވާ ހޯމަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފެށޭނެ ވާހަކަ ބަނދަރު ބޭނުން ކުރަމުންދާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          އެހެންކަމުން، މިހާރު ބަނދަރުގައި ޖަހާފައިވާ ބަނދަރު ބޯޑުތަކާއި އެއްގޮތަށް ލަފާ ފުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށާއި، މިޤަވާޢިދާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤަވާޢިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2022