މަސައްކަތް
ނަންބަރު: (IUL)247-CA/247/2022/21
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 13 މާރިޗު 2022 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ގަނެ އިންސްޓޯލްކޮށް ދިނުމާއިގުޅޭ

އެއަރކޮންޑިޝަން ގަނެ އިންސްޓޯލްކޮށް ދިނުމާއިގުޅޭ

                    މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ހޯރަފުށީ، މަސްޖިދުލް ސިއްދީޤް އެއަރކޯން ކުރުމަށް ބޭނުންވާ އެއަރކޮންޑިޝަން ޔުނިޓްތަކާއި އެއަރކޯން ކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަނެ އިސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

08 މާރޗް 2022

އަންގާރަ

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

13 މާރޗް 2022

އާދިއްތަ

11:00 (ހެނދުނު)


                މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. މަސްޖިދުލް ސިއްދީޤް އެއަރކޯން ކުރުމަށް ބޭނުންވާ އެއަރކޮންޑިޝަން ޔުނިޓްތަކާއި އެއަރކޯން ކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަނެ އިސްޓޯލްކޮށްދިމުމުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2022