ޢާންމު މަޢުލޫމާތު
ނަންބަރު: IUL/GS211/2022-B01
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި:
17 މާރިޗު 2022 11:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކުރެވިފައިވާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ޕްލޭ އޭރިއާ ހެދުމުގެ މަސައްކަތް
- ޕްރިންސިޕަލް ރޫމް،ހެލްތު ރޫމް، ލީޑިން ޓީޗަރސް ރޫމް އަދި ހޯލުގެ އެންޓްރެންސް އޭރިއާގައި ޓައިލްސް ޖެހުން
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 04 މާރޗް 2022ން 10 މާރޗް 2022ދުވަހުގެ 14:00 އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 10 މާރޗް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މާރިޗް 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެ އެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނޫރާނީ ސްކޫލްގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އީ-މެއިލް: [email protected]v
ނޫރާނީ ސްކޫލް
ފޯން: 6885917
ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/BzEtJwYYDtv7hamY8
04 މާރިޗު 2022