މަސައްކަތް
ނަންބަރު: /IUL/303-AS/2022/08
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 08 މާރިޗު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަރާހުމީ މިސްކިތުގެ އިރުމަތީފާރު ޕާކިން ޒޯނެއް ހެދުމަށްޓަކައި ޕައުންޑޭސަނާއި އެއްކޮށް ނަގާ އަލުން ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 `

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

     އުނގޫފާރު ، ދިވެހިރާއްޖެ                                                    ނަންބަރު: IUL/303/-AS/2022/08           

އިޢުލާން

 ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަރާހުމީ މިސްކިތުގެ އިރުމަތީފާރު ޕާކިން ޒޯނެއް ހެދުމަށްޓަކައި ޕައުންޑޭސަނާއި އެއްކޮށް ނަގާ އަލުން ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.

                     

            މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ތަރާހުމީ މިސްކިތުގެ ގޯތީގެ އިރުމަތީ ފާރު ތަޅާލާ ނަގައި އަލުން ޕައުންޑޭޝަން އަޅާ ރާނާ ނިންމުމުގެ މަސައްކަތް ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 08 މާރިޗް 2022ވާ އަންގާރަ ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 މާރިޗް 2022 ވާ އާދިއްތަ ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " މިސްކިތުގެ ފާރުތަޅާލާ އަލުން ރޭނުމުގެ މަސައްކަތް ކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.                   

  ތިރީގައި ފާރުތަޅާލާ އަލުން ރޭނުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ފާރުތަޅާލާ އަލުން ރާނާނިންމުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަސްމާކުސް)
  3. ހުށަހަޅާ މުއްދަތައް        (ދިހަމާކުސް)
  4. މާލީތަނަވަސް ކަމަށް       (ދިހަމާކުސް)

      ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

      30  ރަޖަބް  1443

      03  މާރިޗް 2022   

03 މާރިޗު 2022