ދިވެހިރާއްޖެ
މި ސްކޫލު އިނާމްދޭ ޖަލްސާގައި ކޭޓަރިން ކޮއްދޭނެ ފަރާތެއް ބޭނުންވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 މާރިޗު 2022 އިން 08 މާރިޗު 2022 ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
[email protected] މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަށް 09 މާރިޗު 2022 (ބުދަ) ދުވަހުގެ މެންދުރުކުރި 10.00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާބެހޭ ބީލަން ފޮތް،މި އިޢުލާނާއެކުގައި އެވަނީއެވެ.