ދިވެހިރާއްޖެ
މާސްޓަރސް އޮފް ކޮންޓެމްޕޮރަރީ ޗައިނީޒް ސްޓަޑީޒް ޕްރޮގްރާމްް ރެންމިން ޔުނިވަރސިޓީ / ޗައިނާ |
ޗައިނާގެ ރެންމިން ޔުނިވަރސިޓީގެ ސޫޖޯ ކެމްޕަހުގައި ސިލްކު ރޯޑް ސްކޫލުގެ ފަރާތުން 2022 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް އޮފް ކޮންޓެމްޕޮރަރީ ޗައިނީޒް ސްޓަޑީޒް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ. އަދި މިޕްރޮގްރާމްގެ ދަށުން ޗައިނީޒް ޕޮލިޓިކްސް، ޗައިނީޒް އިކޮނޮމީ، ޗައިނީޒް ލޯ އަދި ޗައިނީޒް ކަލްޗަރ ހިމެނޭގޮތަށް 4 ދާއިރާއަކުން ސްޕެޝަލައިޒްވެ، ކިޔެވުމުގެ ފުރުޞަތު އޮތްކަމުގައިވެސް އެފަރާތުން އަންގަވައެވެ.
މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، އެކޮމަޑޭޝަން، މެޑިކަލް އިންޝޫރަންސް އަދި މަހަކަށް 2000 ޗައިނީޒް ޔުއާން ލިވިންގ އެލަވަންސްގެ ގޮތުގައި ދެވޭނެ ކަމަށާއި، މެޑިކަލް އިންޝޫރަންސް އާއި ލިވިންގ އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ކެމްޕަހުގައި ކްލާސްތަކަށް ހާޟިރުވެގެން ކިޔަވާ ދަރިވަރުންނަށް ކަމަށް އަންގަވާފައިވެއެވެ. އަދި މިސްކޮލަރޝިޕްގެ ތެރޭގައި އިންޓަރނޭޝަނަލް ޓިކެޓް ޚަރަދު ނުހިމެނޭނެ ކަމަށްވެސް އެފަރާތުން އަންގަވާފައިވެއެވެ.
ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2022 ގެ ކުރިން އެފަރާތަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި އެޕްލިކޭޝަން ފީގެ ގޮތުގައި 800 ޗައިނީޒް ޔުއާން (ނޮން-ރިފަންޑަބަލް) އޮންލައިން ސިސްޓަމް މެދުވެރިކޮށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.
މިކޯހާއިބެހޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑު ކުރެވިފައިވާނެއެވެ. .............................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |