ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/45
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 29 އޭޕްރިލް 2022 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2023

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2023

       އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި 2023 ވަނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 29 އޭޕްރީލް 2022 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަން އިން ވަނީ އަންގަވާފައެވެ.

 

މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. އަދި https://australiaawardsmaldives.org އިން ވެސް މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

03 މާރިޗު 2022