ދިވެހިރާއްޖެ
އިޢުލާނު
|
|||||
މަޤާމު: |
ލީގަލް އޮފިސަރ |
||||
މަޤާމުގެ ނަންބަރު: |
J-268899 |
||||
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކު: |
CSC9-2 - CSC9-5 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް |
||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ |
||||
މުސާރަ: |
10020.00 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
5640.00 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 4 ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އަތޮޅު ކައުންސިލާއި ކައުންސިލް އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާނޫނީ އެންމެހާ މަސައްކަތްތައް ސެކެޓްރީޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތީން ރާވާ ހިންގައި ބެލެހެއްޓުން 2- ރަށު އަދި އަތޮޅު ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއިއެކު، ކައުންސިލުން ނިންމާ ނިންމުންތަކާއި، ޤަރާރުތައް ޤާނޫނާތަކާއި ޤަވާއިދުތަކާއި އެއްގޮތަށް އެކުލަވާލުމަށް ބޭނުންވާ ލަފާ ދިނުން 3- އަތޮޅު ކައުންސިލްގެ އިދާރާއިން ދައުވާކުރާ އަދި ކައުންސިލަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓްތަކުގައި ކައުންސިލް ތަމްސީލްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެކު މައްސަލައިގެ ޖަވާބު ، އިސްތިއުނާފު މައްސަލަތަކުގެ ޖަވާބު ތައްޔާރުކުރުމާއި ، ބަޔާންތައް ތައްޔާރުކުރުން އަދި ކޯޓުތަކަށް ހާޟިރުވެ ޖަވާބުދާރީވުން 4- އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ބޭނުންވާ ޤާނޫނީ ލަފާ ސެކްޝަން އަދި ޔުނިޓްތަކަށް ދިނުމާއި ކަމާއި ގުޅޭލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން އަދި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުމަށްޓަކައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި،މަސައްކަތްތަކާއި މަސްޢޫލިއްޔާތުތައް އަދާކުރުން 5- އަތޮޅު އަދި ރަށު ކައުންސިލްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ސެކެޓްރީޖެނެރަލް އަންގަވާ ގޮތެއްގެ މަތީންބަލައި ތަޙުޤީޤުކޮށް ފިޔަވަޅުއެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން 6- ސިވިލްސަރވިސްގެ ސަރކިއުލަރތަކާއި، އެންގުންތައް ސެކެޓްރީޖެނެރަލްގެ ލަފާގެމަތިން މުވައްޒަފުންނަށް އެންގުމާއި އެކު ސަރކިއުލަރ ތައް މުވައްޒަފުންނަށް ޢާއްމުކޮށް ފެންނާނެހެންބެހެއްޓުން 7- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 8- ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއި އެޤާނޫނުން ކައުންސިލަށް ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިސްނެގުމާއި ޢަމަލީގޮތުން ބައިވެރިވުން. 9- އަތޮޅު ކައުންސިލާއި އެހެން ފަރާތްތަކާއި ދެމެދު އެކަށައަޅަންޖެހޭ އެއްބަސްވުންތައް ދެފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކޮށް، ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން އެކުލަވާލުން. 10- އަތޮޅު ކައުންސިލާއި އެހެނިހެން ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކާ މެދު ކައުންސިލްގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުއަޅާ، ކަމާއިބެހޭ މަޢުލޫމާތު އެކަމާގުޅޭ ސެކްޝަނަކަށް ލިއުމުން ދިނުން. 11- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން އެކުލަވާލާ ޤަވާއިދުތަކާއި އުޞޫލުތަކުގެ ޑްރާފްޓް ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްކުރުމަށް އެހީތެރިވުން 12- ކައުންސިލުން ހަދާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަ އިސްލާހުތައް ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެ، ކައުންސިލްގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން 13- ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 14- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 15- މަސައްކަތުގެ ދާއިރާއިން ބަލަހައްޓަންޖެހޭ މައްސަލަތައް ރަޖިސްޓްރީކޮށް އަޕްޑޭޓްކުރުމާއި ނިމޭ މައްސަލަތަކުގެ ލިޔެކިއުންތައް ބެލެހެއްޓުން 16- ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޙަވާލުކުރެވޭ މައްސަލަތަކުގެ އިދާރީ މަސައްކަތްކުރުން 17- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން |
||||
މަޤާމުގެ ޝަރުޠުތައް: |
މަޤާމްގެ ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
CSC 9-5 |
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ ،ސީއެސް9-4 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން |
11,190.00 |
5,640.00 |
އަސާސީ މުސާރައިގެ %35 |
|
CSC 9-4 |
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ ،ސީއެސް9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން |
10,800.00 |
5,640.00 |
އަސާސީ މުސާރައިގެ %35 |
|
CSC 9-3 |
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ ،ސީއެސް9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން |
10,410.00 |
5,640.00 |
އަސާސީ މުސާރައިގެ %35 |
|
CSC 9-2 |
ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
10,020.00 |
5,640.00 |
އަސާސީ މުސާރައިގެ %35 |
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ލޯ ޝަރީޢާ އެންޑް ލޯ ކޯ ޑިސިޕްލިންގ: މިމަޤާމަށް ކޯ ޑިސިޕްލިންގ ކަނޑައެޅިފައި ނުވެއެވެ. ޕްރިފަރޑް ޑިސިޕްލިންގ: މިމަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައި ނުވެއެވެ. |
|||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް : ލޯ ޝަރީޢާ އެންޑް ލޯ |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ،ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑަށް މުވައްޒަފުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑު (ރެކްރޫޓްމަންޓް އުޞޫލު އިސްލާހު 1) ގެ 3 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ |
||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2022 މާރިޗު 11 އާއި 2022 އޭޕްރިލް 9 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.
|
||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |