މަސައްކަތް
ނަންބަރު: MMS-A/2022/02
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 14 މާރިޗު 2022 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                                      ނަންބަރު: MMS-A/2022/02

މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

           މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2022 މާރިޗު 14 ވާ ހޯމަ ދުވަހުގެ11:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެވަގުތު 14 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް  2022 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އެއަރ ކޮންޑިޝަންގެ ޢަދަދާއި ތަފްސީލް:

އެއަރ ކޮންޑިޝަން ހަރުކުރާ އިމާރާތް

ބޭނުންވާ އަދަދު

ބޭނުންވާ

ކެޕޭސިޓީ

ޓައިޕް

ތަފްސީލް

#

ކާޑެއްދޫ މެޓް އޮފީސް، ގދ. ކާދެއްދޫ

01

24000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

1

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- އެޑްމިން ސެކްޝަން، ކ. ހުޅުލެ

01

12000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

2

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސްޓޫޑިއޯ، ކ. ހުޅުލެ

01

12000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

3

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- އޮބްޒަރވޭޓްރީ، ކ. ހުޅުލެ

03

24000 BTU

ސީލިންގް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

4

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ފޯރކާސްޓް ރޫމް، ކ. ހުޅުލެ

01

24000 BTU

ސީލިންގް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

5

 

 

 

  • މަތީގައިވާ ގޮތަށް 07 އެއަރކަންޑިޝަންއަށް، ހަރުކުރުމުގެ އަގާއި އެކު އެސްޓިމޭޓް ހުށައެޅުއްވުން.
  • އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ބްރޭންޑެއްގެ އިންވާޓަރ ތަކެއްޗަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާއިރު، އެއަރ ކޮންޑިޝަންގެ ރޭޓް، ހަރުކުރުމުގެ އަގު އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރކޮށް ހަރުކޮށް ނިންމައިދޭނެ މުއްދަތު (ހުޅުލޭގެ އޮފީސް ތަކާއި އަތޮޅު ތަކުގެ އޮފީސްތަކަށް) ވަކި ވަކިން އެގެން އޮންނަން ވާނެއެވެ.
  • އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާ ސީލިންގް މައުންޓް އެއަރ ކޮންޑިޝަން ވާންޖެހޭނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މިހާރުވެސް އެއަރ ކޮންޑިޝަން ހަރުކުރުމަށް ތައްޔާރުކުރެވިފައވާ ބްރެކެޓްތަކަށް ފިޓްވާނެ އެއަރކޮންޑިޝަންއަކަށެވެ. އަދި މި އެއަރ ކޮންޑިޝަން ހަރުކުރުމަށްހަމަޖެހިފައިވާ ތަނުގެ މިންތަށް އެނގޭނެގޮތަށް ނެގިފައިވާ ފޮޓޯއެއް މި އިޢުލާނުގައި އެޓޭޗުކުރެވިފައިވާނެއެވެ

 

 

  • އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
  1. ކުންފުނީގެ ޕްރޮފައިލް
  2. ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  3. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.

 

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 70)

70

  1. މުއްދަތު:  Shortest Delivery Period) / (Quoted Delivery Period) x 15)

15

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއްދަތު އަދި ތާރީޚް އެންގޭނޭ ގޮތަށް މަސައްކަތް ކުރުވިފަރާތުން ދެއްވާފައިވާ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުމަށް އެކަންޏެވެ. މިފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ.

05

  1. ވޮރަންޓީ:

10

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

                         30 ރަޖަބު 1443

03 މާރިޗު 2022