މަސައްކަތް
ނަންބަރު: BAH/2014/23
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 01 ސެޕްޓެންބަރު 2014 14:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކުރުމަށް

މިހޮސްޕިޓަލާއި މިއަތޮޅު ކެންދޫ، މާޅޮސް، ދަރަވަންދޫ، ތުޅާދޫ، ހިތާދޫ، ގޮއިދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14.00 އަށް މިހޮސްޕިޓަލަށް ވަޑައިގެން ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް މާކްސް ދެވޭނެގޮތުގެ ތަފުސީލު

  • އަގަށް 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮއަގު/ ހުށަހެޅިއަގު: 85

  • މުއްދަތު 10 ޕޮއިންޓް

ހުށަހެޅޭ އެންމެކުރު މުއްދަތު/ ހުށަހެޅި މުއްދަތު: 10

  • ތަޖުރިބާ 5 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައި: 5

30  ޝައްވާލު 1435

26 އޮގަސްޓް 2014