ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS-134/I/2022/02
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި GS-134/I/2022/01 އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ބީލަމުގައި ރަޖިސްޓްރީކޮށް، މައުލޫމާތު ސާފްކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމަށް ރަޖިސްޓްރީ ކުރުން |
03 މާރޗް 2022ން 08 މާރޗް 2022ވާ އަންގާރަ ދުވަހުގެ 10:00އަށް |
ކުޑަރިކިލު ސްކޫލް |
މައުލޫމާތު ސާފްކުރުން |
08 މާރޗް 2022 11:00 |
ކުޑަރިކިލު ސްކޫލް |
އަންދާސީ ހިސާބް ހުށަހެޅުން |
13 މާރޗް 2022 11:00 |
ކުޑަރިކިލު ސްކޫލް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ނުކުރައްވާ، މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަޖަބް 1443
03 މާރޗް 2022