މަސައްކަތް
ނަންބަރު: (IUL)353/2022/9
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:38
ސުންގަޑި:
10 މާރިޗު 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބައެއް މަރާމާތު
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް/ ދިވެހިރާއްޖެ.
އިޢުލާނު
ކައުންސިލް އިދާރާގެ ބައެއް މަރާމާތު
އދ. ދިގުރަށު ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް ކުރަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، ކުންފުނި ނުވަތަ ވިޔަފާރިއެއްގެ ނަމުގައެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 9 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ-/100 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބީލަން ހުށަހަޅާ ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
28 ރަޖަބު 1443
1 މާރިޗު 2022
(ސޮއި)
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
01 މާރިޗު 2022