ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)U4-HC/U4-HC/2022/1
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި: 14 މާރިޗު 2022 14:00
އއ. އުކުޅަހު ޞީއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމް:

 

ޑްރައިވަރ

 

މަޤާމްގެ ނަމްބަރ:

 J-348559

ބޭނުންވާ ޢަދަދު:

01   

މަޤާމްގެ ގިންތި

 ދާއިމީ     

މަޤާމުގެ ރޭންކް

 SS2

މަޤާމްގެ ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

 އއ. އުކުޅަސް ޞިއްޙީމަރުކަޒު

މުސާރަ:

 މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

އެހެނިހެން އެލްވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ސިވިލް ސަރވިސްގެ މުވައްޒިފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލްވަންސް
  4. ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200 ރުފިޔާ
  5. ސިވިލް ސާރވިސަސްގެ މިރޭންކަށް މިނިމަމް ވޭގްޖެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ،އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 1- އެންބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް ކުރުން. މިގޮތުން ބަލިމީހުން އުފުލަންޖެހޭ     ވަގުތުތަކުގައި  ޚާއްޞަ އިސްކަމެއްދީ އެހީތެރިކަން ފޯރުކޮށްދިނުން

 2- ވެހިކަލްގެ ދަތުރުތައްކުރުމުގައި އޮފީހުގެ އިދާރީބައިންނާއި ކައުންޓަރުން އަންގާގޮތަށް     ދަތުރުތައްކުރުން.

 3- ކުރެވޭދަތުރުތަކުގެ ލޮގު ( އެންބިއުލާންސް ލޮގު ) ކޮންމެދަތުރެއްކޮށްނިމުމުން ލިޔެނިންމުން.

 4- ވެހިކަލަށްދިމާވާ މައްސަލަތައް އޮފީހަށް އަންގާ އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

 5- ވެހިކަލް ދުއްވުމުގައި ސަމާލުކަންދޭންޖެހޭ އެންމެހާ ކަންތައްތަކަށް ސަމާލުކަންދީގެން ދުއްވުން. (   މީގެތެރޭގައި ވެހިކަލަށް ބޭނުންވާ ފެން،ތެޔޮފަދަ ތަކެތި ހުރިތޯބެލުމާއި، ދުއްވަންޖެހޭ ރަނގަޅު   ސްޕީޑްގައި ދުއްވުން ހިމެނެއެވެ.)

 6- އެންބިއުލާންސްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ޗެކްކޮށް އެތަކެތި ބެލެހެއްޓުން.

 7- ކޮންމެ ދުވަހަކު ހެނދުނު (ރަސްމީ ދުވަސްތަކުގައި) އެންބިއުލާންސް ދޮވެސާފުކުރުމާއި އަދި   ކޮންމެ  ދަތުރެއް ނިމުމުން އެންބިއުލާންސް ހަޑިވެފައި ވާނަމަ ދޮވެ ސާފުކުރުމުގެ ކަންތައް ގަވާއިދުން   ކުރެވޭތޯބަލައި އެކަންތައްތައް ކުރުވުމަށް ބާރު އެޅުން.

 8- އެންބިއުލާންސްގައި އޮންނަ ބެޑްޝީޓާއި ބާލީހު އުރަ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް   ސަމާލުކަންދީ އެކަން ކުރެވެމުންދާ ގޮތްބަލާ އެކަންތައްތައް ރަނގަޅަށް ކުރުވުމަށް ބާރުއެޅުން.

 9- އެންބިއުލާންސް ދަތުރުތަކަކީ ކޮންމެވަގުތެއްގައިވެސް ކުރަންޖެހިދާނެ ދަތުރުތަކަކަށް ވުމާއިއެކު   އަބަދުވެސް ފޯން އޮންކޮށްފައި ބޭއްވުމަށް ސަމާލުކަންދިނުން.

 10- އެންބިއުލާންސްގެ އެއްވެސް މަރާމާތެއް ނުވަތަ ހަލާކުވެފައިވާ އެއްޗެއްވާނަމަ މަރުކަޒުގައި   އެވަގުތަކު ހުންނެވި ވެރިއަކާ މަޝްވަރާކޮށްގެން އެ އެއްޗެއް އަވަހަށް މަރާމާތުކޮށް ނިންމުން.

 11- ފެރީތަކަށްލާފައި ހުންނަ ތެކެތި އޮފީހުންއަންގަވާ ގޮތެއްގެ މަތިން އެއްފެރީ އިން އަނެއް ފެރީއަށް   ބަދަލުކުރުމާއި، މަރުކަޒުން ފެރީއަށް ލާންޖެހޭ ތަކެތި ލުމާއި، ގެންނަންޖެހޭ ތަކެތި މަރުކަޒައް ގެނައުން

 12- އެންބިއުލޭންސްގެ ތަޅުދަނޑި ރައްކާތެރިގޮތުގައި ބެލެހެއްޓުން.

 13- ސިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި   އަމަލީގޮތުން ބައިވެރިވުން.

 14- އިދާރާއިން ކުރިއަށް ގެންދާ ހާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތް   ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުތު

  1. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާޞިލުކޮށްފައިވުން.

 

 ތަޢުލީމީ ރޮނގުތައް: ނެތް

 

 މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

 މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާ

 

  1. ޓްރާންސްޕޯޓޭޝަން ސާރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ   ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް   ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ  ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން   ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ   މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ  ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ   މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ   ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް   ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް   މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12   ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ   ކުރިން، މިޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް   ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފޯނު   ނަންބަރަކީ، 6660859 އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް   ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި   ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް   ޝޯޓްލިސްޓް  ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،21 މާރޗް 2022 ން 21 އޭޕްރިލް   2022 އާދެމެދު  މި މިޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން   މިމުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް އަންގަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2 )ފޯމު) އާއްމުކުރުން

 އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް(A2 ފޯމު)" އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ   ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ  6660859އެވެ. އީ-މެއިލް   ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން   ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ   ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ   އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން   ހުންނާނެއެވެ.

02 މާރިޗު 2022