ބީލަން
ނަންބަރު: (IUL)425-A2/1/2022/81
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 10 މާރިޗު 2022 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ 2 ސަރަހައްދެއްގައި ޤާއިމްކުރާ 2 މާރުކޭޓު ޤާއިމްކުރުމަށް ބޭނުންވާ ޓެންޓް ޖަހާދޭނެ ފަރާތެއް ހޯދުމާ ގުޅެ،

ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޖަލްސާއިންވަނީ، މާލޭގެ 2 ސަރަހައްދެއްގައި ރޯދަމަހާގުޅުވައިގެން އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 2 މާރުކޭޓު ޤާއިމްކުރުމަށް ނިންމައި މި 2 މާރުކޭޓަށް ބޭނުންވާ ޓެންޓް ޖައްސަވައިދޭނެ ފަރާތެއް ބޭނުންވާތީ  މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން އަންގާ ސަރަހައްދެއްގައި ޓެންޓް ޖައްސަވައިދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

06 މާރިޗް 2022

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

10 މާރިޗް 2022

13:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

 ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  

 އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025487   / އީމެއިލް: [email protected]

 

02 މާރިޗު 2022