ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-IED/230/2022/13
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 06 މާރިޗު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

                    ޔުނެސްކޯ މެން އެންޑް ބަޔޮސްފިއަރ ރިޒާވަކީ (އެމް.އޭ.ބީ) ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާ ގޮތަށް، ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތަށް ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކުގެ ހަރުދާނާ ނިޒާމެއް ގާއިމުކުރެވިފައި ހުންނަތަންތަނެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ނިޒާމުތައް ގިނަ ގައުމަކަށްވާއިރު މިކަހަލަ ހަރުދަނާ ނިޒާމުތައް ހުރުމަކީ، ދިވެހިރާއްޖޭގެ ޤުދްރަތީ ރީތިކަން ދަމަހައްޓައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމެކެވެ. 

                    ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ތިރީގައި ބަޔާންވެގެންވާ ދާއިރާތައް ހިމެނިފައިވާތީ، މި ކޮމިޓީ އެކުލަވާލުމަށްޓަކައި، މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޤާމުގެ ޝަރުތުތަކާއި މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީގެ މެންބަރ

މެންބަރުން ބޭނުންވާ ޢަދަދު:

  • ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާގެ ރެޕްރެސެންޓޭޓިވް 01 (އެކެއް)
  • ފިޝަރީޒް ރެޕްރެސެންޓޭޓިވް 01 (އެކެއް)
  • އެން.ޖީ.އޯ ރެޕްރެސެންޓޭޓިވް 01 (އެކެއް)

އަސާސީ ޝަރުތުތައް:

  1. ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ މެންބަރަކީ ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާއިން މަސައްކަތް ކުރާ މީހަކަށްވުން ނުވަތަ ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާއިން މަސައްކައްކުރާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން،
  2. ފިޝަރީޒް ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ މެންބަރަކީ ފިޝަރީޒް ދާއިރާގައި މަސައްކަތް ކުރާ މީހަކަށްވުން ނުވަތަ ފިޝަރީޒް ދާއިރާއިން މަސައްކަތްކުރާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން،
  3. އެން.ޖީ.އޯގެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ މެންބަރަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި ރަޖިސްޓްރީވެފައިވާ ޖަމިއްޔާ/ ޖަމާއަތެއްގެ މެންބަރަކަށްވުން.

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

މި އިއުލާނާއި އެކު މި ކޮމިޓީގެ ޓާމްސް އޮފް ރިފަރެންސް އެޓޭޗްކުރެވިފައިވާނެއެވެ.

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ؛ މި ސިޓީގައި ކުރިމަތިލާ ދާއިރާ ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ؛
  4. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
  5. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިޔެކިޔުން؛
  6. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުގެ ރަޖިސްޓަރީ؛
  7. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުގެ ޕޯޓްފޯލިއޯ؛ އަދި
  8. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުން ދީފައިވާ ލިޔުން.

މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ

އެކަކަށް ވުރެ ގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

  1. ތަޢުލީމީ ފެންވަރު: ޑިޕްލޮމާ އަށް 10 މާކްސް، ޑިގްރީ އަށް 20 މާކްސް އަދި މާސްޓާސްއަށް 30 މާކްސް.
  2. ތަޖުރިބާ: ކުރިމަތިލާ ފަރާތުން އަމިއްލައަށް ކުރިމަތިލާ ދާއިރާއާއި ގުޅޭ ގޮތުން މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 1 މާކުސް، ގިނަވެގެން 20 މާކުސް.
  3. ހުށައަޅާ ޖަމިއްޔާއިން ހިންގާފައިވާ ދާއިރާއާއި ގުޅުން ހުރި ކޮންމެ ޕްރޮޖެކްޓަކަށް 10 މާކުސް، ގިނަވެގެން 20 މާކުސް.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރޗް 2022ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

މިއިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6602535 އަށެވެ.

                    ނޯޓް: މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ދާއިރާއެވެ. އަދި ކޮންމެ ދާއިރާއަކުންވެސް ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރެއް ތަމްސީލުކުރާ ޖަމިއްޔާއިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.

28   ރަޖަބު   1443

28 ފެބުރުވަރީ 2022